އިޒްރޭލުގެ ނަމުގައި ދައުލަތެއް އޮތްހާ ހިނދަކު ސުލްހަވުމެއް ނެތް: އީރާން

އަޙްމަދު ސަޢީދުު
މާރޗް 11, 2026

ފަލަސްތީނުގެ މުގައްދަސް ބިމަށް ވެރިވެގަނެ، މުސްލިމުންނާ ދެކޮޅަށް ލާދީނީ އުދުވާންތައް ހިންގަމުންދާ އިޒްރޭލާ މެދު އީރާނުން ވަރަށް ހަރުކަށި އިންޒާރެއް ދީފިއެވެ.

އީރާނުން ހާމަކޮށްފައިވާ ގޮތުގައި، ”އިޒްރޭލު“ ގެ ނަމުގައި ދައުލަތެއް ދުނިޔޭގެ ޗާޓުގައި އޮތްހާ ހިނދަކު، އެއްވެސް ކަހަލަ ސުލްހައިގެ މަޝްވަރާއެއް ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. މިއީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ދިން ސީދާ ރައްދެކެވެ.

އިސްލާމީ އުންމަތުގެ ބިންތަކަށް އަރައިގަނެ، ކުށެއްނެތް އެތައް ހާސް ބަޔަކު ޝަހީދުކުރަމުންދާ އިޒްރޭލަކީ ސުލްހައަށް ލޯބިކުރާ ބައެއް ނޫންކަން މިއަދު މުޅި ދުނިޔެއަށް ވަނީ ހާމަވެފައެވެ. އިޒްރޭލުގެ އިސްތިއުމާރީ ބާރުތައް ނެތިގޮސް، ފަލަސްތީނުގެ ބިން މިނިވަންވުމަކީ މުޅި އިސްލާމީ އުންމަތުގެ އުއްމީދެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *