އީރާނުގެ ބާރުގަދަ އަދި ރުޅިގަދަ މިސައިލްތަކުގެ ކުރިމަތީގައި އިސްރާއީލު މިއަދު ވަނީ ކަކޫޖަހާފައެވެ. އެ މިސައިލްތަކާ ކުރިމަތިލާނެ އެއްވެސް ހިތްވަރެއް އެމީހުންގެ ކިބަޔަކު ނެތެވެ. މުޅި ރަށް ސުންނާފަތިވެ، ބިރުވެރިކަން ވަނީ ވަށާލާފައެވެ.
އިސްރާއީލުގެ ޙާލަކީ މިއީއެވެ: ”އީރާނާއެކު ނިމުމެއް ނެތް ހަނގުރާމައެއް ކުރާކަށް އަހަރެމެން ބޭނުމެއް ނޫނެވެ. އަހަރެމެންގެ ރަށް މުލިން ސުންނާފަތިވެއްޖެއެވެ. މި ހަނގުރާމައިން އަހަރެމެން ބަލިވެއްޖެއެވެ. އޭ އީރާނެވެ! އަހަރެމެން ބަސްއަހާނަމެވެ. އަހަރެމެންނަށް އިތުރަށް ހަމަލާ ނުދޭށެވެ. އަހަރެމެންގެ ބޮލުގައި ޓަކިނުދޭށެވެ.“
ބާޠިލުގެ މައްޗަށް ޙައްޤު ކުރިހޯދާނެކަން މިއަދު މިއޮތީ ފެންނާށެވެ. އިސްރާއީލުގެ އަނިޔާވެރިކަން ނިމުމަކަށް އަންނަ މަންޒަރު ފެނުމަކީ ކޮންމެ މުސްލިމަކަށް ލިބޭނެ ބޮޑު އުފަލެކެވެ.
މާތްﷲ އީރާނުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި މުޖާހިދުންނަށް ފުރިހަމަ ކާމިޔާބީ މިންވަރު ކުރައްވާށިއެވެ! އާމީން.






