އެއްވެސް ގައުމުތަކަށް ހަމަލާ ދިނުމަށް ރާއްޖޭގެ ސަރަހައްދު ނުދޭނަން: ޑރ. ޚަލީލް

ޟަމްރަތު އަހްމަދު
މާރޗް 13, 2026

އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ގައުމަކަށް ނުދެއްވާނޭ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމުގައި ރާއްޖޭގެ ސަރަހައްދު ބޭނުން ކުރަން އެދި ހުށަހެޅިޔަސް އެ ހުށަހެޅުންތަކަށް ހަރުކަށި ކަމާއެކު ސަރުކާރުން ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން އަބަދުވެސް އިސްކަން ދެއްވާނީ ސުލްހަ މަސަލަސްކަމާއި އަމާން ކަމަށް ކަމަށެވެ. އަދީ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ރާއްޖޭގޭ ސަރަހައްދު ނުދެއްވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ. މިހާތަނަށް ވެސް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އެއްވެސް ގައުމަކަށް ހަމަލާދީފައި ނުވާނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން ރާއްޖެއަށް ކުރިމަތިވެދާނޭ ކަންކަން ވަރަށްގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *