ދިގުރަށުގައި ރޭހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީއަކު ނިޔާވެއްޖެ

ޟަމްރަތު އަހްމަދު
މާރޗް 13, 2026

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ އަލުފާނުގެ ހާދިސާއެއް ފަސް މީހަކު ނިޔާވެއްޖެއެވެ. އެ ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް ފުލުހުން  ވިދާޅުވިއެވެ.

އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދިގުރަށު ސިއްޙީ މަރުކަޒަށް މިހާރުވަނީ ގެންގޮސްފައެވެ. ނިޔާވި ފަސްމީހުން ނިޔާވީ ސިއްހީމަރުކަޒުގައި ކަމެއް ހާދިސާ ހިނގި ތަނުގައި ކަމެއް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:00 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *