މިހާރުއޮތީ ކުރީގެ އިރާނެއްނޫން، މުޖުތަބާ ޚާމަނާއި ޝަހީދު ކޮށްލާނަން: ނަތަންޔާހޫ

ޟަމްރަތު އަހްމަދު
މާރޗް 13, 2026

އީރާނުގެ އައު ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ޝަހީދުކޮށްލާނޭ ކަމުގެ ނުރައްކާތެރި އިންޒާރު ޔަހޫދީ ދައުލަތުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.

ފެބުރުވަރީ އަށްވަނަދުވަހު ހަނގުރާމަ ފެށުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރީންނަށް މައުލޫމާތު ދެމުން ޔަހޫދީ ޣައްދާރު ބުނެފައިވަނީ އެމެރިކާއާ ގުޅިގެން ޔަހޫދީ ދައުލަތުން ކުރަމުން އަންނަ ވައިގެން  ހަނގުރާމައިގައި ހަމަލާދީ އީރާނުގެ އައު ލީޑަރު ޝަހީދުކޮށްލާނޭ ކަމަށެވެ.

ޔަހޫދީ ކަލޭގެ ބުނީ ދެ ހަފުތާ ވަންދެން އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު އީރާނަކީ މިހާރު އޮތް ގައުމެއް ނޫން ކަމަށެވެ. މިހަމަލާ ތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯ އަށާއި ބަސީޖް ޕެރަމިލިޓަރީ ފައުޖަށް ވެސް ހަމަލާދީ ބޮޑެތި ގެއްލުންދީފައިވާނޭ ކަމަށް ބުނެ މިކަލޭގެ ވަނީ މީޑިއާގައި ސަޅި ބައިސާ ކަނޑާފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *