ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ބާރަކީ ވޯޓުގެ ބާރެވެ. އަޅުގަނޑުމެންގެ ރަށްރަށަށް މިއަދު ލިބިފައިވާ ތަރައްޤީއާއި ޚިދުމަތްތަކަކީ އިންތިޚާބުތައް އޮތުމުގެ ނަތީޖާއެވެ.
ވިސްނަވާލައްވާ! ރައްޔިތުންނަށް ކަމެއް ވެފައި މިވަނީ، ސިޔާސީ ވެރިން ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުންގެ ގާތަށް އަންނަން ޖެހޭތީއެވެ.
ރަށްރަށަށް ސާފުބޯފެނުގެ ނިޒާމު ލިބުން.
ބޭސްސިޓީއަށް ސަލާންޖަހަން ނުޖެހޭނެ ގޮތަށް އާސަންދަ ތަޢާރަފްވުން.
ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލެވުން.
ދަރިންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ މަގު ފަހިވުން.
މި ހުރިހާ ކަމެއް ކުރީ، އިންތިޚާބުތައް ވަކިވަކިން އޮވެ، ރައްޔިތުންގެ ބާރު ސިޔާސީ މީހުންނަށް އިޙްސާސް ކުރެވޭތީއެވެ. އިންތިޚާބުތައް އެއްކޮށްލުމަކީ، ރައްޔިތުން ވެރިން ޖަވާބުދާރީ ކުރުވަން ލިބޭ ފުރުސަތު ހަނިކޮށްލުމެވެ.
އަޅުގަނޑުމެންގެ މި ބާރު ދޫކޮށްނުލަމާ! އިންތިޚާބުތައް މަދުކޮށް، ރައްޔިތުންގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތަށް ”ނޫނެކޭ“ ބުނަމާ!






