މުޖުތަބާ ޚަމާނާއީގެ ބޮލަށް ދިހަ މިލިއަން ޑޮލަރު ހުށަހަޅައިފި

އަހުމަދު މުހައްމަދު
މާރޗް 14, 2026

އީރާނުގެ އެންމެމަތީ ވެރިޔާ މުޖުތަބާ ޚަމާނާއީގެ ބޮލަށް އެމެރިކާއިން ދިހަ މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައަޅައި އެކަން އިއުލާން ކޮށްފިއެވެ.

މިއީ އެންމެމަތީވެރިޔާއި އީރާނުގެ އެހެން މަސްއޫލުވެރީންގެ މައުލޫމާތު ހޯދައި އެބޭފުޅުންނަށް ނުރައްކާ ކުރުމުގެ ބޭނުމުގައި، ހަނގުރާމައިން ބަލިވެފައިވާ އެމެރިކާއިން ކުރާކަމެއް ކަމަށް ވެއެވެ.

މިއީ އީރާނުގެ އަތުން ހިތިގޮތަކަށް އެމެރިކާއި އިޒްރޭލް ބަލިވުމުން އެ ހިތްދަތިކަން ކުޑަކުރުމަށް އީރާނުގެ ވެރީންނާ ދެކޮޅަށްފެށި ނަފުސާނީ ހަނގުރާމައެކެވެ. ފެބުރުވަނީ އަށާވީސްވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން ވަނީ އިރާނަށް ހަމަލާދީ މުޖުތަބާ ޚާމަނާއީގެ ބައްޕަ އާޔަތުﷲ ޢަލީ ޚާމަނާއި ޝަހީދުކޮށްލައިފައެވެ.

އެމެރިކާ ބޭނުންވަނީ އީރާނުގެ އެންމެމަތީ ލީޑަރާއި އިސް މަސްއޫލޫވެރިން ޝަހީދު ކޮށްލާށެވެ. މިއީ އެމެރިކާއާއި އިޒްރޭލުން މުޅި ދުނިޔޭގެ ކުރިމަތީގައި ފާޅުގައި ބުނަމުންގެންދާ ވާހަކައެވެ. އީރާނުން ބުނެފައިވަނީ އެގައުމުގެ ލީޑަރުންގެ ލޭ އެމެރިކާ އަމިއްލައަށް ހުއްދަކޮށްގެން އުޅޭއިރު އެމެރިކާގެ ލީޑަރުންގެ ލޭ ހުއްދަނުވާންވީ ސަބަބެއް ނޯންނާނޭ ކަމަށެވެ.

އީރާނުން ވަނީ ދެން ދުވަހަކުވެސް ރައީސް ޓްރަމްޕް މެދުއިރުމައްޗަށް އައިސްގެން ނުވާނޭ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަންނަކަމަށްވާނަމަ އަންނަންވާނީ ”ވަންވޭ ޓިކެޓެއް ހިފައިގެން“ ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ. މީގެ ކުރީން ވެސް އެމެރިކާއިންވަނީ ދުނިޔޭގެ ލިޑަރުންގެ ބޮލަށް މިގޮތަށް އަގުކިޔައި ދުނިޔެ ފަސާދަ ކުރަން މަސައްކަތް ކޮށްފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *