ނަތަންޔާހޫ އަކީ ދުނިޔޭގައި ހުއްޓަސް މަރުވެފައިވާ މީހެކެވެ.

ހިރި ނިއުސް
މާރޗް 15, 2026
އަޅުގަނޑުމެން އެންމެންވެސް ބޭނުން ވަނީ ނުބައި ނުލަފާ ޝައިޠާން ނަތަންޔާހޫ މަރުވެ އޭނާ ޤަރާރުވެ އޮންނަނިވި ގޮވައްޗަށް ދިޔައީ ކަމުގައި ވުމަށެވެ. އެތައް ދުވަހެއްވަންދެން ނުފެނި އޮތުމަށްފަހު ދެދުވަހެއް ކުރިން އިޒްރޭލުން ނެރުނު ވީޑިއޯއަކީ މަސްނޫޢީ އެއްޗެއް ކަމާއި އެއިން ފެންނަ ފުރޭތައިގެ އިނގިލިވެސް މާގިނަ ކަމާއި، އަދި އޭގެ ފަހުން އަނެއްކާ ގެއްލިއްޖެ ކަމުގައި ދަނީ ވާހަކަ ދެކެވެމުންނެވެ. މިކަންތައް އޮތީ މިހެން ކަމުގައި ވިޔަސް، އޭނާ މަރުވީ ކަމެއް އަދި ޔަގީނެއް ނޫނެވެ. އެކަން ޔަގީންވާނީ ދުވަސްކޮޅެއް ފަހުންނެވެ.
އުންމީދަކީ މިކަލޭގެ މަރުވެއްޖެ ކަމުގެ ޚަބަރު ލިބުމެވެ. ނުވަތަ އޮތީ އަނިޔާވެފައި ނަމަ ދުނިޔޭގައިވެސް އޭނާގެ ވޭން އިތުރު ކުރެއްވުމެވެ. އަދި އެބަލިން ނުނެންގެވުމެވެ.
ހަނގުރާމަ ފެށުމާއިއެކު މި ފިނޑި ޖައްލާދު ފިލައިގެން ގޮސް ޖަރުމަން ވިލާތް ފަދަ ބޭރު ގައުމެއްގައި ހުރެގެން އޭނާގެ ޝައިޠާނީ ޤައުމު ކޮމާންޑް ކުރަނީ ކަމުގެ ވާހަކަ ދެކެވުނެވެ. މިއީ ވުން ވަރަށް ގާތް ގޮތެކެވެ. ސަބަބަކީ އީރާނުގެ ރައްދު ޙަމަލާ ނިކަން ވަރުގަދަ ވާނޭކަމާއި އޭނާޔަށް އޮތް އެންމެ ރައްކާތެރި ގޮތަކީ އިޒްރޭލުގެ ބޭރުގައި ހުރުން ކަމުގައި އޭނާޔަށް އެނގޭނެތީއެވެ.
މި ނުބައި މީހާ މަރުވެއްޖެ ކަމުގައި މާބޮޑަށް ޔަގީންކޮށް އެހެން ކިޔަން ތިއްބާ އެހެރަ ނުލަފާ ޖައްބާރު ކަމާއި އެކު އަނެއްކާ ފާޅުވެ ބޮޑާބަސް ބުނަން ފެށީމާ އަޅުގަނޑުމެން މާދެރަ ވާނެއެވެ. ޒަޔަނިސްޓުން ބޭނުން ވާނީވެސް އެގޮތެވެ. މުސްލިމުންނާއި އެނޫނަސް އޭނާ ދެކެ ރުޅިއަންނަ އެންމެހައި އިންސާނުން ”ތަޅުވާލައި“ ދެރަ ކުރުމެވެ.
ކޮންމެއަކަސް އޭނާޔަކީ މިވަގުތު މަރުނުވެ ހުއްޓަސް މަރުވެފައި ހުރި މީހެކެވެ. އެހެނީ އެންމެ ޔަގީން އަދި އެންމެ ކާރީގައި ވާ އެއްޗަކީ މަރެވެ. ކިތަންމެ ވަރުގަދަ ބިންގަރާހެއްގެ ތެރެޔަށް ވަނދެ އޮތަސް އޭނާގެ ވަގުތު އައުމުން އެއަކުން އޭނާޔަކަށްވެސް ސަލާމަތެއް ނުވެވޭނެއެވެ. އޭނާޔާއިމެދު އިރާދަ ކުރެއްވިގެންވަނީ އޭނާޔަށް ތެދުމަގު ނުލިބި، ތައުބާ ނުވެ މަރުވެގެން ދިއުން ކަމުގައި ވަނީނަމަ އޭނާ ދުނިޔޭގައި ލަހައްޓަވާ ކޮންމެ ސިކުންތަކާއި، މިނެޓަކާއި، ގަޑިއަކާއި ދުވަހަކީ އޭނާޔަށް ވާ އިތުރު ގެއްލުމެކެވެ. އިތުރު ހަލާކެކެވެ. ﷲ ﷻ އަންގަވަނީ ކީކޭތޯއެވެ؟
”وَلاَ يَحْسَبَنَّ الَّذِينَ كَفَرُواْ أَنَّمَا نُمْلِي لَهُمْ خَيْرٌ لِّأَنفُسِهِمْ إِنَّمَا نُمْلِي لَهُمْ لِيَزْدَادُواْ إِثْمًا وَلَهْمُ عَذَابٌ مُّهِين“ (އާލު ޢިމްރާން: 178)
​“ކާފިރުވި މީހުންނަށް، ތިމަންރަސްކަލާނގެ އެމީހުންނަށް (މަރު ލަސްކުރައްވައި) މުހުލަތު ދެއްވާ ދެއްވުމަކީ، އެމީހުންގެ ނަފްސުތަކަށް އޮތް ހެޔޮކަމެއްކަމުގައި އެމީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެމީހުންނަށް މުހުލަތު ދެއްވާކަން ކަށަވަރީ، އެމީހުން ފާފަ އިތުރުކުރުމަށެވެ. އަދި ނިކަމެތިކަންދެނިވި ޢަޛާބު އެމީހުންނަށް ހުއްޓެވެ.“
އަނިޔާވެރިންގެ ކިބައިން އިންތިޤާމް ހިއްޕަވާ، مُنْتَقِم ވަންތަ (The Avenger)، جَبَّار ވަންތަ (The Compeller) ، دَيَّان ވަންތަ (The Requiter) الله ﷻ އަކީ އޭނާ މަރާލި ހައި އިންސާނުންނާއި، ދިރިތިއްބާ އަންދާލި އެތައްހާސް މަޢުސޫމް ކުޑަކުދިންގެ ފަރާތުން ފުރިހަމަޔަށް ބަދަލު ހިއްޕަވައި، އަނިޔާވެރި ކަމާއި ބޮޑާ ކަމާއި ކިބުރުވެރި ކަމާއި އެކު އެއިލާހުގެ ބިންމަތީގައި ހޭދަ ކުރި ކޮންމެ ހިނދުކޮޅަކަށް އެކަށޭނަ ޢުޤޫބާތް ދެއްވުމަށް ކުޅަދުން ވަންތަ ކަލާނގެ އެވެ.
މި ނުބައި ނުލަފާ ގާތިލާއިމެދު އަޅުގަނޑުމެން އުންމީދު ކުރަނީ އަންނަވި ވަރުގަދަ ވަޢީދުގެ ބަސްފުޅު އޭނާޔަށް ފެތޭ ކަމުގައެވެ:
“ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ“ (ސޫރަތުއްޒުމަރު: 60)
”ބޮޑާވެ ކިބުރުވެރި ވެގަންނަ މީހުންނަށް ތިބޭނެ ތަނެއް ނަރަކައިގައި ނުވޭ ހެއްޔެވެ؟“

މައުރޫފު ހުސައިންގެ ލިޔުމެއް

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *