އިރާނުން މިވަނީ އަނިޔާވެރި އިޒުރޭލަށް އަމާޒުކޮށް، ވަރުގަދަ 54 ވަނަ މިސައިލް ވޭވް ފޮނުވާލާފައެވެ. މި ހަމަލާތަކާއެކު އިޒުރޭލުގެ ސިޓީތައް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، މުޅި ސަރަހައްދު ނަރަކައެއް ފަދައިން އަނދަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އައިއާރުއައިބީ (IRIB) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް އިރާނުން ވަނީ އެގައުމުގެ އެންމެ ނުރައްކާތެރި އެއް ހަތިޔާރު ކަމަށްވާ ’ސެއްޖީލް‘ (Sejjil) ބެލިސްޓިކް މިސައިލް މި ހަމަލާގައި ބޭނުންކޮށްފައެވެ. މިއީ އިޒުރޭލުގެ ދިފާއީ ނިޒާމުތަކަށް ހުއްޓުވަން އުނދަގޫ، ބާރުގަދަ މިސައިލެކެވެ.
އިޒުރޭލުގެ އަނިޔާވެރިކަމާއި ލޭއޮހޮރުވުންތަކަށް މިއީ ލިބިގެންދާނެ ވަރުގަދަ ރައްދެކެވެ. އިރާނުގެ މި ފިޔަވަޅާއެކު މުޅި މެދުއިރުމަތީގެ މަސްރަހު ބަދަލުވެ، އިޒުރޭލުގެ ބާރުތައް ކަކޫޖަހަން މަޖުބޫރުވާނެއެވެ.






