އިޒުރޭލުގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވަނީ!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މާރޗް 16, 2026

އިޒުރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ މަރުވެއްޖެ ކަމަށް ރިޕޯޓްކުރުމާ ގުޅިގެން އިޒުރޭލުގައި ހަމަނުޖެހުން ބޮޑުވެ، އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގައި ސިޔާސީ ގޮތުންނާއި އަދި އަސްކަރީ ގޮތުން ވަރަށް ބޮޑެތި ޝައްކުތަކެއް އުފެދިއްޖެކަމަށް މީޑިއާތަކުން ހާމަކޮށްފިއެވެ.

ނިއުޅެމުން، ހާމަވަމުން އަދި ދައުރުވަމުން އަންނަ ރިޕޯޓްތައް ބުނާ ގޮތުގައި، ސަރުކާރުގެ ހަމަޖެހުމާއި، ސާބިތުކަން ދަމަހައްޓައި، އަދި މިހާރު ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށްޓަކާ، އިޒުރޭލުގެ އަސްކަރީ ސީނިއަރ ކޮމާންޑަރު އިޔާލް ޒަމީރު، ވަގުތީ ގޮތުން އިސްދާނަކަމާ ޙަވާލުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިޔާލް ޒަމީރަކީ އިޒުރޭލުގެ ދިފާޢީ މުއައްސަސާގެ ތެރޭގައި ވަރަށް ތަޖުރިބާކާރު އިސް އޮފިސަރެކެވެ. މީގެ ކުރިން، އޭނާ ވަނީ އިޒުރޭލުގެ ދިފާޢީ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމު އަދާކޮށްފައެވެ. އަދި އިޒުރޭލުގެ ދިފާޢީ ބާރުގެ ދެކުނު ކޮމާންޑްގެ ކޮމާންޑަރުކަން ވެސް އޭނާ ވަނީ ކޮށްފައެވެ. 05 މާރިޗް 2025 ގައި، އަސްކަރިއްޔާގެ މުހިންމު އިސްތިރާޖީ މަގާމަކަށް އިޔާލް ޒަމީރު އައްޔަން ކުރީ ސީދާ ނަތަންޔާހޫ އެވެ.

އިޒުރޭލުގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ސަރަޙައްދީ ހަމަނުޖެހުންތަކުގެ މުހިންމު އައު މަރުހަލާއެއްގެ ފެށުމެވެ. އަދި، އީރާނާ އެކު އުފެދިފައިވާ ހަމަނުޖެހުންތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި ދުނިޔޭގެ ސަމާލުކަން މިވަގުތު ހުއްޓިފައި ވަނީ، އިޒުރޭލުން ދެން ނިންމާނެ އަސްކަރީ އަދި ސިޔާސީ ނިންމުންތަކެއްގެ މައްޗަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *