ން ދެއްކުމަށް ވީޑިއޯއެއް ހާމަކޮށްފައެވެ. ކޮފީ ޝޮޕެއްގައި ނަގާފައިވާ މި ވީޑިއޯގައި އޭނާގެ ދެ އަތްތިލަ ދައްކައި އިނގިލިތައް ހަމައަށް ހުރި ވާހަކަ ބުނެއެވެ. އެހެން އެ ބުނީ އީރާނުން ދިން ހަމަލާއެއްގައި އޭނާ މަރާލައިފިކަމަށް ބުނެފައި ވަނިކޮށް ހާމަކުރި ފުރަތަމަ ވީޑިއޯގައި އޭނާގެ 6 އިނގިލި ބައެއް ފަހަރަށް ދެ އަތުންވެސް ފެނިފައި ވާތީއެވެ. އެކަމާ ގުޅިގެން މީސް މީޑިއާގައި ބުނަމުން ދިޔައީ އެއީ އޭއައި އިން ހަދާފައިވާ ވީޑިއޯއެއް ކަމަށެވެ. އަނިޔާވެރި ނަތަންޔާހޫ މަރުވެއްޖެ ކަމަށެވެ. ނުވަތަ ވަރަށް ބޮޑަށް ޒަޚަމުވެއްޖެ ކަމަށެވެ.
ފަހުން ހާމަކުރި ވީޑިއޯ ހާމަކުރުމާއެކު އަނެއްކާ ވެސް މީސް މީޑިއާއިން ތުހުމަތު ކޮށްފައި މިވަނީ މިއީ ވެސް އޭއައި ބޭނުން ކޮަށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށެވެ. މީސް މީޑިއާއިން ފަހުގެ ވީޑިއޯގައި ހުރި ބޮޑެތި ”ގޯސްތަކެއް“ ފާހަގަ ކުރަމުން އެބަދެއެވެ. އޭގެ ތެރޭގައި.
1. ނަތަންޔާހޫގެ އަސްލު އަތްތިލަ އާއި ވީޑިއޯގެ އަތްތިލަ ތަފާތުކަން.
2. ބޮލުގެ އިސްތަށިގަނޑުގައި ހުރި ތަފާތުކަން
3. އެހެން ފޮޓޯ ވީޑިއޯތަކާ އަނގަމަތި ތަފާތުކަން
4. ބުމަ ތަފާތުކަން
5. ކޮފީ ބުޔަސް ކޮފީ ތަށިން ކޮފީ މަދު ނުވާކަން
6. ކެފޭގައި ބަހައްޓާފައި ހުރި މެނޫގައި ޖަހާފައި އިނީ 2024 ކަން.
7. ލައިގެންހުރި ކޯޓުގެ ޖީބަށް އަތްލާއިރު އެއީ ހަދާފައިވާ ވީޑިއޯއެއްކަން އެނގޭކަން.






