ތެލުގެ އަގު ބޮޑުވުމުން ޚަރަދު ކުޑަކުރަން އައްޑޫ މޭޔަރު އިލްތިމާސް ކުރައްވައިފި

ޟަމްރަތު އަހްމަދު
މާރޗް 16, 2026

އައްޑޫ ސިޓީން ތެޔޮ ގަންނަން މިހާރު ލިބެނީ ގަލްފު ހަނގުރާމައިގެ ދުވަސްވަރަށްވުރެވެސް ބޮޑު އަގުގައި ކަމަށް އެސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވެ އޭނާވަނީ އައްޑޫން ޑީސެލާއި ޕެޓްރޯލް ގަންނަން ލިބޭ އަގުތައް ހާމަކޮށްފައެވެ. ”މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސް.ޓީ.އޯ އިން ޑީސަލް އަދި ޕެޓްރޯލްގެ އަގަށް ގެނައި ބަދަލާ އެކު އައްޑޫ ސިޓީއިން މިވަގުތު ތެޔޮގަންނަން ލިބޭ އަގަކީ ޕެޓްރޯލް ލިޓަރެއް 29/26ރ އަދި ޑީސަލް ލިޓަރެއް 30/13ރ އަށް،“ މޭޔަރު ވިދާޅުވެފައިވެއެވެ.

ނިޒާރު ވިދާޅުވެފައިވަނީ މިއަގުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުއަގު ހުރި ނިސްބަތަށް ބަލާނަމަ  މާބޮޑު އަގުތަކެއް ކަމަށެވެ. ”ގަލްފް ހަނގުރާމައިގެ ދުވަސްވަރުވެސް މިމިންވަރަށް ތެލުގެ އަގު ބޮޑުކޮއްފައި ނުވާއިރު މިކަމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށް ދެކެން،“ މޭޔަރު ވިދާޅުވެފައިވެއެވެ.

މޭޔަރު މިހެން ވިދާޅުވެވިޔަސް ބައެއް އަވަށްތަކުން ޕެޓްރޯލް ލީޓަރެއް އަށާރަ ރުފިޔާއަށް ލިބޭކަމަށް ބައެއް އާންމުން ވަނީ ބުނެފައެވެ.

ތެލުގެ އަގު ބޮޑުވެފައިވާ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް އިސްރާފު ކުޑަކޮށް ޚަރަދުތަށް ކުރުމުގައި ސަމާލް ވުމަށް އައްޑޫ މޭޔަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *