މިއަދު އަހަރުމެން ހަނގުރާމަ ނުކޮށްފިނަމަ، މާދަމާ އަހަރުމެންގެ ދަރިން އުޅެންޖެހޭނީ މިއަށްވުރެ މާ ބޮޑު ނިކަމެތިކަމެއްގައެވެ. މިއީ ހަމައެކަނި ދައްކާލާ ވާހަކައެއް ނޫނެވެ. މިއީ އީރާނުގެ ހިތްވަރުގަދަ ޒުވާން މަންމައެއްގެ ދުލުން ބޭރުވި، މުޅި އުންމަތަށް އޮތް ވަރުގަދަ މެސެޖެކެވެ.
އޭނާގެ ބަސްތަކުން ހިތްތައް ރޮއްވާލިއެވެ:
”އަހަރުމެންގެ ދަރީންނަށް މިއަދު ނެޕީ ނުލިބިދާނެތީވެ ކަންބޮޑެއް ނުވެއެވެ. 3 އަހަރު ވަންދެން ފަލަސްޠީނުގެ ކުޑަކުދީންނަށް ނެޕީއެއް، ބޯނެ ސާފު ފެނެއް އަދި ބޭހެއް ވެސް ނުލިބި ދާތީވެ މާ ދެރަވެއެވެ. މިއަދު އީރާނުން ހަނގުރާމަ ނުކޮށްފި ނަމަ މާދަމާ އަހަރުމެންގެ ދަރީން އުޅެން ޖެހޭނީ މާ ހާލުގައި…“
އަނިޔާވެރި އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނުގެ ކުށެއްނެތް ތުއްތު ކުދިންނާއި އަންހެނުން މަރަމުންދާއިރު، ހަނު ތިބުމަކީ އެ އަނިޔާވެރިކަމުގައި ބައިވެރިވުމެވެ. މިއަދު އަހަރުމެންގެ އަރާމާއި އުފަލަށްވުރެ، މާދަމާގެ މިނިވަންކަމާއި އިސްލާމީ އުންމަތުގެ ދިފާޢު މާ މުހިންމެވެ.
ޙައްޤުގެ މަގުގައި ނިކުމެ، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަކީ މިއަދު އަހަރުމެންގެ މައްޗަށް އޮތް ލާޒިމް ކަމެކެވެ. ފަލަސްޠީނުގެ ރައްޔިތުން އެ އުފުލާ ތަދާއި ވޭނަކީ މުޅި އުންމަތުގެ ވޭނެވެ.
މާތްﷲ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ނަޞްރު ދެއްވާށި! އާމީން.






