ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެހީވާނޭ ގައުމުތައް އަވަހަށް އިއުލާން ކުރާނަން

ޟަމްރަތު އަހްމަދު
މާރޗް 17, 2026

ހަނގުރާމައިގެ ސަބަބު މިހާރު އީރާނުން ބަންދުކޮށްފައިވާ ހޮރުމުޒު ކަނޑުއޮޅި އަލުން ހުޅުވައި ދަތުރުފަތުރު ކުރެވޭނޭގޮތް އަލުން  ހެދުމަށް އެމެރިކާއަށް އެހީތެރިވާން އެއްބަސްވެފައިވާ ގައުމުތައް ވަރަށް އަވަހަށް އިއުލާން ކުރާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އީޔޫގެ ގައުމުތަކުން އޭނާއަށް ނޫނެކޭ ބުނެފައިވަނިކޮށް ޓްރަމްޕް މިހާރުވަނީ ހަމަ ހަގީގަތުގައި ވެސް އެކަނޑުއޮޅި ހުޅުވަން އެމެރިކާއަށް އެހީވާނޭ ގައުމުތައް އެބަތިބިކަމަށް ބުނެފައެވެ.

ހޮރްމޫޒް ކަނޑުއޮޅި ހިމާޔަތް ކުރުމަށް އީޔޫގެ އިތުރުން ބައެއް އެހެން ގައުމުތަކަށް ވެސް ޓްރަމްޕް ވަނީގއެމެރިކާގެ ބައެއް ގައުމުތަކަށް ޓްރަމްޕް ވަނީ ގޮވާލައިފައެވެ. އެތަން ބަންދުކޮށްފައި އޮތުތުމުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ ”ކާރިސާއެއް“ ވަނީ އުފެދިފައެވެ. ތެލުގެ އަގުވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ގައުމުތަކުން މިކަމަށް އެހީނުވާތީ ހައިރާންވާ ކަމަށާއި ކަނޑުއޮޅި ހުޅުވަން މަސައްކަތްކުރާތީ ޗައިނާ އާއި ޖަޕާން ފަދަ ތެލަށް ބަރޯސާވާ ގައުމުތަކުން އެމެރިކާއަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ވެސް ޓްރަމްޕު ބުނެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *