ޕީޖީ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި އައްބާސް މިއަދު ވިދާޅުވީ، އަމިއްލައަށް އިސް ނަންގަވައިގެން ކުރީގެ ޕީޖީ ނިންމަވާފައި ހުރި ނިންމެވުމެއް ރިވިއުކުރަން މިވަގުތު ގަސްތު ނުކުރައްވާ ކަމަށެވެ.
”އަޅުގަނޑަށް އެނގޭ މިހެން ދަންނަވާއިރުވެސް މަޖިލީހުގައި މީގެ ބައެއް މައްސަލަތަކާބެހޭގޮތުން ވާހަކަ ދެއްކެވި އެއީ ކުރީގެ ޕީޖީ މަގާމުން ވަކިކުރަން އެބޭފުޅުން ނިންމެވި ރީޒަންކަންވެސް އެކަމަކު އަޅުގަނޑުގެ ވިސްނުމެއްނެތް އަޅުގނޑު އަމިއްލައަށް ވަކި މައްސަލަތަކެއް ނަގައިގެން ރިވިއުކުރާކަށް އޭގެ ބަދަލުގައި އަޅުގަނޑު މިހާރު މި ހުޅުވައިލީ ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު، އެހެންވީމާ އެ ފުރުސަތުތަކުގެ ތެރޭގައި ރައީސް ޔާމީންގެ މައްސަލަ ހުށަހަޅުއްވައިފިއްޔާ މިކޮޅުން އަޅުގަނޑުމެން އުފައްދާ ކޮމިޓީން ރިވިއުކުރާނެ ރިވިއުކޮށްފަ އޭގެ ޑިޒިޝަންތައް ނަގާނެ،“
އައްބާސް ވިދާޅުވީ، ހަމަ އެގޮތަށް ކުރީގެ ޓޫރިޒަމް މިނިސްޓަރަށް ތުހުމަތުކުރި ރޭޕްގެ މައްސަލަތަކާއި އެހެން ބޭފުޅުންގެ މައްސަލަތައްވެސް ޕީޖީއަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަަށެވެ.
”އަޅުގަނޑު އަމިއްލައަށް ރިވިއު ކުރަން ނުނިންމާ ސަބަބަކީ އޭރުން އަޅުގަނޑަށް އަންނާނެ އެލިގޭޝަން އަޅުގަނޑު ވަކި މައްސަލައެއް ނަގައިފައި ކުރީގެ ޕީޖީގެ ޑިޒިޝަން ބަދަލުކޮށްފިއްޔާ އަޅުގަނޑަށް އެލިގޭޝަން އަންނާނެ އަޅުގަނޑު އަމިއްލަ ކޮންމެސް ކަމެއްގައޭ މައްސަލަ ވަކިން ޗޫސްކުރީ، އަޅުގަނޑު ބޭނުމެއްނޫން އެ ފުރުސަތު ދޭކަށް އެއީ އަޅުގަނޑު އެކަންކުރަން ބޭނުންވާގޮތެއްނޫން އެހެންވީމާ އަޅުގަނޑު ޕަބްލިކަށް މި ހުޅުވައިލީ މި ވިންޑޯގަ 20 ދުވަަސްތަރޭގައި މައްސަލަ ހުށަހެޅުމަށް،“
އެގޮތަށް ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށްކުރި ރޭޕްގެ ތުހުމަތުގެ މައްސަލަ ފައިލް ކުރުމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ފައިލްކުރުމ،ާއި. ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުގެ ނިންމުން ޕީޖީ ޝަމީމް އިސްތިއުނާފު ނުކުރަން ނިންމެވި މައްސަލައަކީ، ޕީޖީ ކަމުގެ މަގާމުން ޝަމީމު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ސަބަބު ތަކުގެ ތެރެގައި ހިމެނޭ ކަންކަމެވެ.