އީރާނަށް ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމަށް ބުނެ އިސްރާއީލާއި ހުޅަނގުގެ ބާރުތަކުން ފަތުރަމުންދާ ވާހަކަތަކަށް އީރާނުގެ އިންގިލާބީ ގާޑުން މިވަނީ ވަރުގަދަ ރައްދެއް ދީފައެވެ. މިއީ މުޅި ދުނިޔެ ސިއްސުވާލި ހަގީގަތެކެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ދުޝްމަނުން އީރާނަށް ހަމަލާދޭން ބޭނުންކުރާ ކޮންމެ ފަދަ ހަތިޔާރަކަށް، ހަމަ އެފަދަ ވަސީލަތަކުން ރައްދު ހަމަލާ ދޭނެ ކަމަށެވެ. މީގެ މާނައަކީ ނިއުކްލިއާ ހަމަލާއެއް އަތުވެއްޖެ ނަމަ، އީރާނުންވެސް އެފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ ސާފު އިޝާރާތެކެވެ.
މިއީ ހަމައެކަނި ބަހުގެ ހަމަލާއެއް ނޫނެވެ. މިއީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށް އޮތް ސާބިތު އަޒުމެކެވެ. އިސްލާމީ އުއްމަތުގެ ހައްގުގައި ފަސްޖެހުމެއް ނެތި ކުރިމަތިލާނެ ކަމުގެ ހެއްކެކެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހުގައި ފޮރުވިފައިވާ މިފަދަ ބާރުގަދަ ސިއްރުތަކުން ދޭހަވަނީ، ދުޝްމަނުންގެ ބިރުދެއްކުންތަކަށް އީރާނުން ކުޑަކޮށްވެސް ޖެހިލުންނުވާ ކަމެވެ.






