އީރާނުގެ ސަލާމަތީ ކަންކަމާބެހޭ އެންމެ މަތީވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލައިފި ކަމަށް އިޒްރޭލުން ބުނެފިއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) ގެ އެޑްމިނިސްޓްރޭޓިވް އޮފީހާ ހަވާލާދީ ބީބީސީ ބުނެފައިވަނީ އޭނާ އަވަހާރަކޮށްފައިވަނީ ބޮޑީގާޑުންނާ ވެސް އެކީގައި ކަމަށެވެ.
”އޭނާ ޝަހީދުވީ އޭނާގެ ދަރިފުޅު މޮރްތެޒާ އާއި އެސްއެންއެސްސީގެ އެޑްމިން ޑެޕިއުޓީ ފޯ ސެކިއުރިޓީ އަލީރޭޒާ ބަޔާތު އާއި، ބައެއް ބޮޑީގާޑުންނާ ވެސް އެކު،“ އެސްއެންއެސްސީގެ ބަޔާނަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އީރާނުގެ އައިއާރްޖީސީއާ ގުޅުން އޮންނަ ފާރސް ނިއުސް އޭޖެންސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި ލަރިޖާނީ އަވަހާރަށް ކޮށްލާފައިވަނީ ޕާދިސްގައި ހުންނަ އޭނާގެ އަންހެން ދަރިފުޅުގެ ގޭގައި ހުންނަވަނިކޮށް އިޒްރޭލުން ދިން ހަމަލާއެއްގައި މިމަހު ސޯޅަވަނަ ދުވަހުގެ ރޭގައި ކަމަށެވެ.
އަލީ ލަރިޖާނީ އަވަހާރަވި ޚަބަރު އީރާނުގެ ދައުލަތުގެ މީޑިއާއިން ވެސް މިހަރުވަނީ ކަށަވަރު ކޮށްދީފައި ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަލޯ ލަރިޖާނީގެ އިތުރުން އީރާނުގެ ބާސިޖް ޕެރަމިލިޓްރީ ފޯސްގެ ކޮމާންޑަރު ޣުލާމްރެޒާ ސުލައިމާނީ ވެސް އަވަހާރަވެފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.






