އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ޤައުމީ ދިފާޢުއާ ބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މުޝީރު ޑރ. ޢަލީ ލަރިޖާނީ ޝަހީދުވެއްޖެއެވެ. އެ މަނިކުފާނުގެ ޚިދުމަތުގެ ތަޝްރީފުތައް ލިޔެވޭހުށީ އީރާނުގެ ރައްޔިތުންނަށާއި އިސްލާމީ އިންޤިލާބީ ލީޑަރޝިޕަށް އެންމެ ވަފާތެރި އެންމެ އިޚްލާޞްތެރި އަދި ހިތްވަރުގަދަކަމާއި ކެތްތެރިކަމުގެ ނަމޫނާ ލީޑަރެއްގެ ގޮތުގައެވެ. ދީނަށް ލޯބިކުރެއްވި، ޤައުމީވަންތަކަން އިސްކުރެއްވި ދަރިއެއްގެ ގޮތުގައެވެ. ދީނާއި ޤައުމުގެ ދިފާޢުގައި އަނިޔާވެރި ޒަޔަނިސްޓުންނާ ދެކޮޅަށް އީރާނުން ކުރަމުންދާ ޖިހާދުގެ މައި އެއް ސިކުނޑީގެ ގޮތުގައެވެ. މަރަށް ބިރެއްނެތި، ޖިހާދުގެ ކުރީ ސަފަށް ނިކުމެ ވަޑައިގެން ހުންނެވި ހިތްވަރުގަދަ ޤާއިދެއްގެ ގޮތުގައެވެ.
އިސްލާމީ އުންމަތުގެ ޙައްޤުގައި ތެދުވެ ޖިހާދުކޮށް ޝަހީދުވާ އެއްވެސް ބަޠަލަކީ މަރުވެދާ ބައެއް ނޫނެވެ. އެ ފުރާނަތަކަށް މާތްﷲ ދެއްވި މަތިވެރި ދަރަޖައިގައި ދިރިތިބޭނެއެވެ. މިއީ ދުނިޔޭގައި ތިބޭ މުޖާހިދުންނަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. އެންމެ ބޮޑު އުފާވެރިކަމުގެ ޚަބަރެވެ. ދުޢާއަކީ، އަނިޔާވެރި ޔަހޫދީ ޒަޔަނިސްޓުން މުސްލިމު އުންމަތުން ޝަހީދުކުރަމުންދާ އިސްލާމީ ލީޑަރުންގެ ޝަރަފުވެރި ލިސްޓުގައި ޝަހީދެއްގެ މާތް ދަރަޖައިގައި މި ނަންފުޅު ފެވިގެން ދިއުމެވެ.
ޑރ. ޢަލީ ލަރިޖާނީއަކީ އީރާނުގެ ސިޔާސީ ވަރުގަދަ ތަނބެކެވެ. އަދި އެއީ ފިކުރީ މައިދާނުގައި ފާހަގަކޮށްލެވޭ ވަރުގަދަ ޢިލްމުވެރިއެކެވެ. ޖިހާދުގެ މައިދާނުގައި ދީނާއި ޤައުމަށް ޓަކައި އިސްއުފުލައި ކޮޅަށް ތެދުވެ ވަޑައިގެން ހުންނެވި ލީޑަރެކެވެ. އެ ބޭފުޅެއްގެ ނަންފުޅު އިވުމުން ޒަޔަނިސްޓުންގެ ހިތްތައް ބިރުން ތުރުތުރު އަޅައިގެންދިޔަ ޙިކުމަތްތެރިއެކެވެ. އޭނާގެ ޝަހީދުވުމުގެ ހަނދާނަކީ އިސްލާމީ ދުނިޔޭގައި، ޚާއްޞަކޮށް އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކަށް އޮތް ބޮޑު ހިތްވަރެކެވެ.
ލަރިޖާނީއަކީ އިސްލާމީ ފިލޯސަފަރެކެވެ. ދައުލަތް ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައިގެން ހުންނެވި، ބަހާއި ޢަމަލުން އިސްލާމީ އުޞޫލުތައް ދެމެހެއްޓެވި ބޭފުޅެކެވެ. އޭނާ ފާހަގަކުރެވިފައިވަނީ ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކާއި އިޒުރޭލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ލިބެމުން އަނިޔާއާއި ވޭނާއި ކެކުޅުންތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވައި ޖިހާދުގެ މައިދާނުގައި ސާބިތުވެ ހުންނެވި ވަރުގަދަ ފަރުބަދައެެއްގެ ގޮތުގައެވެ.
ލަރިޖާނީ އަކީ މަޑުމައިތިރި ނަމަވެސް، ނިންމުންތައް ނިންމެވުމުގައި ޢަޒުމު ވަރުގަދަ ބޭފުޅެކެވެ. އޭނާގެ މަޑުމައިތިރި ހަޔާތުން ފެނިގެންދިޔައީ އިސްލާމީ ތަރުބިއްޔަތާއި، ވަޠަނީ ލޯތްބެވެ. ދީނާއި ޤައުމުގެ ދިފާޢުގައި ކުރެއްވި މަސައްކަތްޕުޅުތަކުގައި އޭނާ ދެއްކެވި ސާބިތުކަމެވެ. މިއީ ފަހުގެ ޖީލުތަކަށް ހުރި ނަމޫނާއެވެ.
ލަރިޖާނީ އަކީ އެންމެ ފަހު ވަގުތާ ޖެހެން ދެންވެސް އިސްލާމީ އުންމަތުގެ ޙައްޤުގައި އަޑު އުފުއްލަވައި، އަދި އިސްލާމީ އުންމަތަށް ނަސޭހަތް ދެއްވި ބޭފުޅެކެވެ. އޭނާގެ އެންމެ ފަހު ގޮވާލެއްވުމަކީ ޔަހޫދީންނާއި ނަސޯރާއިން ދޫކޮށް އިސްލާމީ އުންމަތް އެއް އުންމަތެއްގެ ގޮތުގައި އެއް ވިސްނުމެއްގައި އެއް އަމާޒަކަށް ދަތުރުކުރުމަށް ތެދުވުމަށް ގޮވާލެއްވި ގޮވާލެއްވުމެވެ. އޭނާ ވިދާޅުވެފައި ވެއެވެ. ”އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަކީ ޞަހްޔޫނީންގެ އެންމެ ބޮޑު ބިރެ“ ވެ. އޭނާގެ އެންމެ އަސަރުގަދަ ބަސްފުޅަކީ ”މަރުވުމަކީ ނިމުމެއް ނޫނެވެ. ޝަހީދުންގެ ލެޔަކީ އުންމަތް ދިރުވައިދޭނެ ބާރެކެވެ.“
ލަރިޖާނީ ދެއްކެވި ނަމޫނާއަކީ ދުޝްމަނުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހައި، ޙައްޤު ބަސް ބުނަން ޖެހޭކަމެވެ. ލަރިޖާނީ ޝަހީދުވެގެން ދިޔުމަކީ އީރާނަށާއި މުޅި އިސްލާމީ އުންމަތަށް ވެސް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު ހީނަރުކަމެކެވެ. ނަމަވެސް އޭނާ ދޫކުރެއްވި ފިކުރާއި، ހިތްވަރު ދިރި އޮންނާނެއެވެ. އިސްލާމް ދީނުގެ ދުޝްމަނުން ގުޅިގެން، މުސްލިމު އުންމަތަށް އަނިޔާވެރި ޔަހޫދީ ޒަޔަނިސްޓް އިޒުރޭލުގެ މަސްލަހަތުގައި އިސްވެ ފަށާފައިވާ ހަނގުރާމައިގައި ލަރިޖާނީ ޝަހީދުވީ ދީނާއި ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެން ހުންނަވަނިކޮށެވެ. ޝަހީދު ޑރ. ޢަލީ ލަރިޖާނީގެ ފާފަތައް ފުއްސަވައި ޝަހީދެއްގެ މަތިވެރި ދަރަޖަ މިންވަރު ކުރައްވާށިއެވެ.






