އިޒްރޭލުން އީރާނުގެ ”ނޭޝަނަލް އިރާނިއަން ގޭސް ކޮމްޕެނީ“ގެ ގޭސް ޕްލާންޓަކަށް މިއަދު ހަމަލާދީފިއެވެ. މިއީ އީރާނުގެ ދެކުނުގައި ހުންނަ ގޭސް ޕްލާންޓްތެކެކެވެ. މި ހަމަލާގައި ރިފައިނިން ޔުނިޓްތަކުގެ ބައެއް ހަލާކުވެފައިވާ ކަމަށް އެ ކޮމްޕެނީން ބުނެފައިވެއެވެ.
މި ހަމަލާއަށްފަހު އެކޮމްޕެނީން ގެންދަނީ ހާލަތު ހަމައަކަށް އަޅުވައި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ތަސްނިމް ނިއުސް އެޖެންސީގެ ބަޔާނެއްގައި ބުނެފައިވަނީ ”ގޭސް އުފައްދަމުން ދަނީ ރައްކާތެރި ކަމަށް ވަރަސް ބޮޑަށް ވިސްނައިގެން. ގޭސް ނެޓްވޯކް މިހާރު އޮތީ އެންމެ ރަނގަޅު ހާލަތެއްގައި،“ ކަމަށެވެ. މި ޕްލާންޓުތަކުގައި ރޯވި އަލިފާން މިހާރުވަނީ ނިއްވާލައިފައެވެ. މި ހަމަލާގެ ސަބަބުން ތެލާއި ގޭހުގެ އަގު އިތުރަށް ބޮޑުވެގެން ދާނޭ ކަމަށް ބެލެވެއެވެ.






