ތިން މަސްއޫލުވެރިން ޝަހީދުކޮށްލުމުގެ އަގު އިޒްރޭލުން ދައްކަންޖެހޭނެ: މުޖުތަބާ ޚާމަނާއި

އަހުމަދު މުހައްމަދު
މާރޗް 18, 2026

ދެ ދުވަސް ތެރޭގައި އީރާނުގެ އިސް ތިން މަސްއޫލޫވެރިއަކު ޝަހީދު ކޮށްލުމުގެ އަގު އިޒްރޭލުން ދައްކަންޖެހޭނޭ ކަމަށް ވިދާޅުވެ އިރާނުގެ ސުޕްރީމް ލިޑަރު މުޖުތަބާ ޚާމަނާއި، އިޒްރޭލަށް އިންޒާރު ދެއްވައިފިއެވެ.

ފާއިތުވި ދެ ދުވަސްތެރޭގައި އިޒްރޭލުން ވަނީ އިރާނުގެ ޤައުމީ ދިފާޢާ ބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މުޝީރު ޑރ. ޢަލީ ލަރިޖާނީ އާއި އީރާނުގެ ބާސިޖް ޕެރަމިލިޓްރީ ފޯސްގެ ކޮމާންޑަރ ޣުލާމްރެޒާ ސުލައިމާނީ އާއި އިންޓެލިޖެންސް މިނިސްޓަރ އިޒްރޭލުން އިސްމާއީލް ޚަތީބު ޝަހީދު ކޮށްލައިފައި ވަނީ މިއަދުގެ ދިން ހަމަލާތަކެއްގައެވެ.

އެމެރިކާއާއި އޒްރޭލު ގުޅިގެން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ބަދަލު ހިތިގޮތަކަށް އެ ދެގައުމަށް ދޭނޭ ކަމަށާއި މި ހަނގުރާމައިގައި ޝަހީދުވާ އީރާނުގެ ކޮންމެ މީހެއްގެ ބަދަލު ވަކިވަކިން ހިފާނޭ ކަމަށް އީރާނުން ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. މުޖުތަބާ ސުޕްރީމް ލީޑަރު ކަމަށް ވަޑައިގެންނެވީ ވެސް ބަދަލު ހިފުމުގެ ރޫޙުގައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *