ފޮޓޯ އެސްއެމް

ގުދަނުގައި ރޯވި އަލިފާން ނިއްވާލައިފި

މުހައްމަދު އަލީ
މާރޗް 19, 2026

މާފަންނު ކައިރު ގޭގައި ހުރި ގުދަނެއްގައި ރޭ ރޯވި އަލިފާން މިހާރުވަނީ ނިއްވާލެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އަލިފާން ނިއްވާލެވިފައިވަނީ ރޭ 11:30 އެހައިކަންހާއިރުއެވެ.

އަލިފާން ނިއްވާލެވިފައިވަނީ ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމް ބޭނުންކޮށްގެން އަލިފާން ނިއްވާ ލޮރީގެނެސްގެނެވެ.

އެތަނުގައި ރޯވެފައިވަނި ރޭ 9:30 އެހައިކަންހާއިރުއެވެ. އެ ގުދަނުގައި ހުރީ ގަސްކާނާއާއި ނުރައްކާތެރި ކެމިކަލެވެ. އެތަނުގައި އެހާ ބޮޑަށް ހުޅުހިފީ ކެމިކަލުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ.

އަލިފާނާއި ދުމުގެ ސަބަބުން ހަތަރު ގެއަކުން މީހުން ހުސްކުރަންޖެހުނެވެ. ހަތަރުގެއިން 32 މީހަކު ވަނީ ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ ވަގުތީ ހިޔާއަށް ވަގުތީގޮތުން ގެންގޮސްފައެވެ. މިހާދިސާގައި ދުމުގެ އަސަރުކޮށްގެން އެކަކަށްވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *