ރަސްލަފާން އިންޑަސްޓްރިއަލް ސިޓީ

އީރާނުގެ ހަމަލާގައި ރަސް ލަފާން ގޭސް ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް

އަހުމަދު މުހައްމަދު
މާރޗް 19, 2026

ޤަތަރުގެ މައި ގޭސް ފެސިލިޓީ ކަމަށްވާ ރަސްލަފާން އިންޑަސްޓްރިއަލް ސިޓީއަށް އީރާނުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެތަނަށް ލިބިފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އީރާނުން ރަސްލަފާން އިންޑަސްޓްރިއަލް ސިޓީއަށް ދިން މިހަމަލާ ކުށްވެރި ކޮށްފައެވެ. އީރާނުން މިހަމަލާދިނީ ކުރީބައިގައި އިންޒާރު ކުރުމަށްފަހުގައެވެ. އީރާނުން ބުނެފައިވަނީ ހަމަލާދޭނޭ ކަމަށާއި އެތަނުން މީހުން ހުސްކުރުމަށެވެ.

މިއީ އީރާނުގެ ސައުތު ޕާސް ގޭސްފީލްޑަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ. މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް ޤަތަރުން ހާމައެއް ނުކުރެއެވެ.

އީރާނުން ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައި ވަނީ ގަތަރުގެ މެސާއީދު ޕެޓްރޯކެމިކަލް ކޮމްޕްލެކްސް އާއި މެސާއީދު ހޯލްޑިން ކޮމްޕެނީ އަދި ރަސް ލަފާން ރިފައިނަރީ އަށެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ސަމްރެފް ރިފައިނަރީ އަދި ޖުބައިލް ޕެޓްރޯކެމިކަލް ކޮމްޕްލެކްސް؛ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަލް ހުސްނު ގޭސްފީލްޑަށް ހަމަލާދޭނޭ ކަމަށް ވެސް އިންޒާރު ކުރިއެވެ.

ޤަތަރުގެ އިންޓިރިއަރ މިނިސްޓްރީން ވިދާޅުވެފައިވަނީ އީރާނުންވަނީ މިހނަގުރާމައިގައި ބައިވެރިނުވާ ގައުމުތައް ހަނގުރާމައަށް ވައްދަމުން ކަމަށެވެ. އޭގެ ސަބަބުން ސަރަހައްދު އިތުރަށް ހަލަބޮލިވަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި މައްސަލާގައި އީރާނުގެ އެދުމަކީ އެގައުމަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުން އިޒްރޭލާއި އެމެރިކާއިން އެހީނުވުމަށެވެ. އީރާނަށް ހަމަލާ ދިނުމަށް ޖެޓުތައް ފުރައިގެން އަންނަ ގައުމުތަކަށް ހަމަލާދޭނޭ ކަމަށް އީރާނުން އަންނަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *