އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު ކެންޑިޑޭޓުންގެ ފަރާތުން ވޯޓަރސް ލިސްޓުގައި ސޮއި ކުރުން މެދު ކަނޑާލުމަށްފަހު އަލުން ފަށައިފިއެވެ.
މި މަސައްކަތް އަލުން ފަށައިފައިވަނީ ސޯޝަލް ސެންޓަރުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އިސީން ވިދާޅުވެފައިވަނީ އެކޮމިޝަނުން ބޭނުންވީ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިޚާބީ މަސައްކަތްތައް ތާވަލާއެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށެވެ. ”މިވަގުތުވެސް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާކަމުގައި ދަންނަވަން،“






