އީރާނުގެ ހަކަތައިގެ ނިޒާމަށް އިޒްރޭލުން ދީފައިވާ ހަމަލާތަކާ ގުޅިގެން، ބަދަލު ހިފާނޭ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ދީފިއެވެ.
ބަދަލު ހިފުމުގެ ގޮތުން ހަލަމާދޭނޭ ތަންތަން ވެސް އެލަޝްކަރުން ވަނީ ކުރީބައިގައި ބުނެ އަންގައި އިއުލާން ކޮށްފައެވެ.
ހަމަލާތައް ދިނުމުގެ ކުރިން އެސަރަހައްދު ތަކުގައި އުޅޭ މީހުން ނުރައްކާއޮތް ކަމަށްވެސް މިވަނީ ބުނެފައެވެ. އެހެން ކަމުން ރައްކާތެރިކަން ހޯދުމަކީ އެބައެއްގެ ކަމެކެވެ.
އީރާނުގެ ޝަރުއީ އަމާޒަކަށް ވެފައިވާ ތަންތަން:
- ސަމްރެފް ރިފައިނަރީ: ސަޢުދީ ޢަރަބިއްޔާ
- އަލް ހުސްނު ގޭސް ދަނޑު: ޔޫއޭއީ
- ޖުބައިލް ޕެޓްރޯކެމިކަލް ކޮމްޕްލެކްސް: ޖުބައިލް، ސަޢުދީ ޢަރަބިއްޔާ
- މެސައިޑް ޕެޓްރޯކެމިކަލް ކޮމްޕްލެކްސް އެންޑް މެސައިޑް ހޯލްޑިންގ (ޝެވަރޮން ސަބްސިޑަރީ) ޤަޠަރު
- ރަސް ލައްފާން ރިފައިނަރީ (ފޭސް 1 އަދި 2): ޤަޠަރު
- ކުރިއަށް އޮތް ގަޑިތަކުގައި މި ތަންތަނަށް ހަމަލާތައް އަމާޒުވާނެތީ، އެ ސަރަހައްދުތަކުގައި އުޅޭ ހުރިހާ ރައްޔިތުންނާއި މަސައްކަތްތެރިން ލަސްނުކޮށް ވަގުތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އައިއާރުޖީސީން ވަނީ އިލްތިމާސް ކޮށްފައެވެ.
އީރާނުގެ ބަސް:
”އަޅުގަނޑުމެން މީގެ ކުރިން ވެސް ވާނީ ތިޔަބޭފުޅުންގެ ވެރިންނަށް އެމެރިކާ އާއި އިސްރާއީލާ ގުޅިގެން އަޅުގަނޑުމެންގެ ހަކަތައިގެ ނިޒާމަށް ހަމަލާދީފިނަމަ، މިފަދަ ނުރައްކާތެރި ހާލަތެއް ކުރިމަތިވާނެ ކަމުގެ ސާފު އިންޒާރު ތަކުރާރުކޮށް ދީފައި. ނަމަވެސް އެބޭފުޅުން އިޚްތިޔާރުކުރީ ރައްޔިތުންގެ ސަލާމަތަށް ބެލުމެއްނެތި އެމެރިކާ އާއި ޒަޔަނިސްޓުންނާ ގުޅިގެން އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތްކުރުމަށް. އެހެންކަމުން، މިކަމުގެ ނަތީޖާއެއްގެ ގޮތުން ނުކުންނަ ކޮންމެ ކަމެއްގެ ފުރިހަމަ ޒިންމާ އެބައިމީހުން އުފުލަންޖެހޭނެ،“






