އައްޑޫގައި ދުއްވި ކާރެއް ފުރޮޅާލައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ޟަމްރަތު އަހްމަދު
މާރޗް 21, 2026

އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައިފިއެވެ. ހާދިސާ ހިނގި ވަގުތު ކާރުގައި ތިބީ ހަތަރު މީހުން ކަމަށާއި އެ އެނެމެނަށް ވެސް މިހާދިސާގައި ވަނީ އެކިވަރުގެ އަނިޔާ ލިބިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭގެތެރެއިން ކާރު ދުއްވަންއިން މީހާއަށް ސިރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި އެނެމެނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

މި ހާދިސާގެ  މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 16:50 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ. ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

މި ލިޔުމާ ގުޅޭ