އީރާނުން، އިޒުރޭލުގެ ޑިމޯނާ ސަހަރަށް މިދިޔަ ހަފުތާގައި ޙަމަލާތަކެއް ދިނެވެ. ޑިމޯނާ ސަހަރަކީ އިޒުރޭލުގެ ސިއްރު ނިއުކުލިއަރ ފެސިލިޓީ ގާއިމުކޮށްފައިވާ ސަހަރެވެ. ޑިމޯނާ ނިއުކުލިއަރ ފެސިލިޓީއަކީ އެއްޒަމާނެއްގައި، އެތަން ހުއްޓުވުމަށްޓަކާ އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީ އުޅުއްވުމުން، މޮސާޑުން ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި އިޒުރޭލުގެ މަޝްހޫރު ނިއުކުލިއަރ ފެސިލިޓީއެވެ. އެކަންތައް ހިނގައި ދިޔައީ ކިހިނެތް ހެއްޔެވެ؟
1948 ގައި މިނިވަންކަން ލިބުމުން، 1950 އާއި 1960 އާ ދެމެދު އިޒުރޭލުން، ސިއްރުން ޑިމޯނާ ނިއުކުލިއާ ފެސިލިޓީގައި ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފެށިއެވެ. އެ ޚަބަރު އޭރުގެ އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީއަށް ލިބިވަޑައި ގެންނެވިއެވެ. ޖޯން އެފް ކެނެޑީ 1963 ގައި އިޒުރޭލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެން-ގޫރިއަން އަށާއި އަދި ދެވަނަ ބޮޑުވަޒީރު ލެވީ އެޝްކޯލްއަށް ސިޓީފުޅެއް ފޮނުއްވިއެވެ. ޖޯން އެފް ކެނެޑީ އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ޑިމޯނާ ނިއުކުލިއާ ފެސިލިޓީގެ ވަރަށް ތަފުޞީލީ އިންސްޕެކްޝަނެއް ހެދުމުގެ ފުރުޞަތު އެމެރިކާއަށް ދިނުމަށެވެ. އެހެންނޫނީ، އެމެރިކާގެ ފަރާތުން އޭގެފަހުން އެއްވެސް އެހީތެރިކަމެއް ހޯދުމުގެ ކަންތައްތައް އިޒުރޭލުން ހަނދާން ނައްތައިލުމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން، އެމެރިކާއިން ޑިމޯނާ ނިއުކުލިއަރ ފެސިލިޓީގެ ތަފުޞީލީ އިންސްޕެކްޝަނެއް ހެދުމަށް އިޒުރޭލުން އެއްބަސްވިއެވެ.
ޤަބޫލުކުރެވޭ ގޮތުގައި، އެމެރިކާގެ އިންސްޕެކްޝަން ފެށުމުގެ ކުރިން އިޒުރޭލުން ޑިމޯނާ ނިއުކުލިއާ ފެސިލިޓީގެ ”ޕްލޮޓޯނިއަމް“ އުފައްދާ ސަރަޙައްދު ބިމު އަޑީގެ ބިންގަރާހަކަށް ބަދަލުކޮށްލިއެވެ. އެކަމަކު، އެކަންވެސް ޖޯން އެފް ކެނެޑީއަށް ޝައްކުވެ ވަޑައިގެންނެވިއެވެ. ދެން އައީ 22 ނޮވެމްބަރ 1963 އެވެ. އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީ އެމެރިކާގެ ޑަލަސް ސަހަރުގައި ޕެރޭޑް ކުރައްވަމުން ކާރުކޮޅުގައި ވަޑައިގެންނެވިއެވެ. ކާރުކޮޅަކީ މަތި ހުޅުވޭ ކާރުކޮޅެކެވެ. އެހެންކަމުން ޖޯން އެފް ކެނެޑީ ޕެރޭޑް ކުރައްވަމުން ވަޑައިގެންނެވީ ކާރުކޮޅުގެ މަތި ހުޅުއްވައިގެންނެވެ ޑަލަސް ސަހަރުގެ މަގުމަތީގައި އެތައް ހާސް ބަޔަކު ޖަމާވެފައި ތިއްބެވެ. ހުރިހާ ކަމެއް ފެންނަނީ އާދައިގެ ގޮތެއްގައެވެ. ހަމަނުޖެހުމެއްގެ އެއްވެސް އަސަރެއް ނެތެވެ. އެއަށްފަހު ބަޑީގެ އަޑާއެކު ތިން ވަޒަން ޖޯން އެފް ކެނެޑީގެ އިސްތަށިފުޅަށް އަމާޒުވިއެވެ. ވަގުތުން، ޖޯން އެފް ކެނެޑީ އަވަހާރަވީއެވެ.
ޖޯން އެފް ކެނެޑީ އަވަހާރަކޮށްލީ ކާކު ހެއްޔެވެ؟ އެއީ، ލީ ހާރވީ އޮސްވަލްޑް ކިޔާ މީހެކެވެ. އެ ޙަމަލާއަކީ އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ކުރުވި ކަމެއް ކަމަށް މީހުން ޝައްކުކުރަން ފެށިއެވެ. އެމެރިކާގެ ފުލުހުން، ލީ ހާރވީ އޮސްވަލްޑް ހައްޔަރުކުރިއެވެ. އޮސްވަލްޑް ހައްޔަރުކުރިތާ ދެވަނައަށްވީ ދުވަހު، ޕޮލިސް ސްޓޭޝަނުން ޖަލަށް ބަދަލުކުރުމަށް ގެންދިޔަ މަގުމަތީގައި، ލައިވް ޓީވީ ކެމެރާ ކުރިމަތީގައި، އެއްވެފައިވާ މީސްތަކުންގެ ތެރެއިން މީހަކު ކުރިއަށް ޖެހި، އޮސްވަލްޑް ގަޔަށް ބަޑިޖަހާ މަރައިލިއެވެ.
އޭގެފަހުން، އިޒުރޭލުގެ ޑިމޯނާ ނިއުކުލިއާ ރިއެކްޓަރަކީ ސިއްރެކެވެ. އެހެންނަމަވެސް، އީރާނުގެ ޙަމަލާއާއެކު، އެ ސިއްރު މަޑުމަޑުން ޑިމޯނާ ސަހަރަށް ލީކުނުވާ ކަމެއް ނޭނގެއެވެ. ހަނގުރާމައިން އިޒުރޭލަށް ލިބޭ ގެއްލުން، އިޒުރޭލުން ވަނީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ.






