ވިލިމާލެ

ފީނަން ފޭބި ނޭޕާނުގެ މީހަރު މަރުވެއްޖެ

މުހައްމަދު އަލީ
އޭޕްރިލް 8, 2026

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް މީހަކު މަރުވެއްޖެއެވެ. އޭނާ ފީނަންދިޔަ ފަހުން ޚަބަރެއް ނުވެގެން މިއަދު ހެނދުނު 06:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހަށް ރިޕޯޓު ކުރުމާއެކު ވިލިމާލެ ޕޮލިހާއި، މެރިން ޕޮލިސް ގުޅިގެން އޭނާ ހޯދަން މަސައްކަތް ފެށިއެވެ. އެ މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހާ ނިޔާވީ މޫދުން ނަގައިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *