އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން ޣަފޫރު ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފި

މުހައްމަދު އަލީ
އޭޕްރިލް 8, 2026

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަނަކަށް ހުންނެވި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ޣަފޫރު މޫސާ ޗެއަރޕާސަން ކަމުން ވަކިކުރުމަށް އެދި މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަނުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން 55 މެންބަރުން ވަނީ ސޮއި ކުރައްވައިފައެވެ. ”އިތުރު މެންބަރުން ބޭނުންވޭ ސޮއި ކުރަން. އެކަމަކު އޭގެ ތެރެއިން ގިނަ މެންބަރުންނަކީ މާލޭއިން ބޭރުގައި މިވަގުތު ތިއްބެވި މެންބަރުން،“ ޕެޓިޝަނުގައި ސޮއި ކުރެއްވި މެންބަރަކު ވިދާޅުވިއެވެ.

މި ޕެޓީޝަނުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންނެވެ. ޣަފޫރުގެ އިތުބާރުނެތް ކަމަށް ޕެޓިޝަނެއް ހުށަހެޅީ ނިމިދިޔަ އިންތިޚާބުގައި އެމްޑީޕިއަށް ލިބުނު ކާމިޔާބު ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަ ދައްކަވަން އެޖެންޑާއިން ފުރުސަތު ދެއްވާފައި ފަހުން އެފުރުސަތު އަނބުރައި ގެންދިޔުމުން އެކަމާ އުފެދުނު ނުތަނަވަސްކަމެއްގެ ތެރެއިންނެވެ. ”މިއިންތިޚާބުގައި ލިބުނު ކާމިޔާބީއަކީ ރައީސް ނަޝީދާއި ފައްޔާޒު އިސްމާޢީލްވެސް ހިމެނޭގޮތުން އެންމެން ގުޅިގެންކުރި މަސައްކަތުގެ ނަތީޖާ. އެހެންކަމުން ރައީސް ނަޝީދު ފަދަ ޕާޓީގެ ޚިދުމަތްތެރިއަކަށް ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ނުދޭންވީ ސަބަބެއްނެތް،“ މެންބަރު ވިދާޅުވިއެވެ.

އެޕެޓިޝަނުގައި ތުހުމަތުކުރައްވާފައިވަނީ ޣަފޫރު ނިންމުންތައް ނިންމަވަނީ އެހެން ފަރާތްތަކުން އަންގާ ގޮތަކަށް ކަމަށެވެ. އެއްވެސް ސަބަބެއް ބަޔާން ނުކޮށް އެމްޑީޕީގެ ޑެޕިޔުޓީ ޗެއަރ އިބްރާހީމް ވަހީދާއި، ލީގަލް ޑިރެކްޓަރު ވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޕެޓިޝަނުގައި ފާގަގަކޮށްފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *