ހަނގުރާމަ ހުއްޓާލުމަށްފަހު ވެސް އިޒްރޭލުން ލުބުނާނަށް ހަމަލާ ދެމުންގެންދާތީ އީރާނު ހިތްހަމަ ނުޖެހިއްހެއެވެ. މި ހިތްހަމަ ނުޖެހުމާއެކު އެގައުމުން ވަނީ ފަހުގެ އިންޒާރު އެމެރިކާއާއި އިޒްރޭލަށް ދީފައެވެ.
އީރާނުން ބުނަނީ ލުބުނާނަށް ހަމަލާދިނުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ. އެހެންވެ އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު ޢައްބާސް ޢަރަގްޗީ ވަނީ، އެމެރިކާގެ ރައީސް ޓުރަމްޕާއި، އޭނާގެ އެކުވެރިޔާ ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އެންމެ ފަހުގެ އިންޒާރު ދެއްވައިފިއެވެ.
”އެމެރިކާގެ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތައް ވަރަށް ސާފު. އަދި ވަރަށް ޞަރީޙަ. އެމެރިކާއިން ދެގޮތުން ކުރެ ގޮތެއް ޚިޔާރު ކުރަން ޖެހޭ. އެއީ ހަނގުރާމަ ހުއްޓާލުން ނުވަތަ އިޒުރޭލް މެދުވެރިކޮށް ހަނގުރާމަ ކުރިއަށް ގެންދިއުން. އެމެރިކާއަކަށް ދެ ކަންތަކެއް އެއްފަހަރާ ނުކުރެވޭނެ،“ މިއީ އީރާނުގެ ބަހެވެ.
މުޅީ އިންސާނިއްޔަތާ އެންމެ ބޮޑު ދެ ޢަދަވާތްތެރިންގެ ކުރިމަތީގައި އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ޢައްބާސް ޢަރަޤުޗީ ހުންނެވީ ސާބިތުކަމާއެކުގައެވެ. އެއްވެސް ބިރެއްނެތެވެ. ސިހުމެއް ވެސް ނެތިއެވެ. ޢައްބާސް ޢަރަޤުޗީ އަކީ ވަރަށް ހިތްވަރުގަދަ ފަހުލަވާނެކެވެ. އެކަމާ އެމެރިކާ މޭކައިގެން ޢަރަޤުޗީ ޝަހީދު ކޮށްލުމުގެ ސައްލާތައް މިހާރުވެސް ދަނީ ކުރަމުންނެވެ.






