ޑައިމޯފިން ޓްރެފިކް ކުރުމުން ބާރަ އަހަރަށް ޖަލަށް

މުހައްމަދު އަލީ
އޭޕްރިލް 10, 2026

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ މީހެއްގެ މައްޗަށް ބާރަ އަހަރާއި ހަ މަސްދުވަހަށް ޖަލަށް ލުމަށް ކްރިމިނަލްކޯޓުން ހުކުމް ކޮށްފިއެވެ.

ޖަލަށް ލުމުގެ އިތުރުން ކޯޓުންވަނީ ފަންސާސް ހާސް ރުފިޔާއިން އެމީހާ ޖޫރިމަނާ ކޮށްފައެވެ. ކޯޓުން މި ހުކުމް އިއްވީ ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް ގެ މައްޗަށެވެ.

އުމުރުން 32 އަހަރުގެ މި މީހާގެ މައްޗަށް މިހުކުމް އިއްވީ މިހިނގާ އޭޕްރީލް ހަތް ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ  2024 ވަނަ އަހަރު އޮގަސްޓް 19 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 އޮކްޓޫބަރު 16 ވަނަ ދުވަހުއެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށްކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ދިވެހި ފުލުހުން ވަނީ ވިދާޅުވެފައެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *