ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ މާދަމާ

މުހައްމަދު އަލީ
އޭޕްރިލް 10, 2026

އެޕްރީލް ހަތަރެއްވީ ހޮނިހިރުދުވަހު ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

މިއިން އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީން ވަނީ އެކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއު ކުރައްވައިފައެވެ. މިހާރު އީސީން ގެންދަވަނީ ޝަކުވާތައް ބެލުމާއި އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންނެވެ.

ހޮނިހިރު ދުވަހު ވަނީ ”ފެންނަ ނުފެންނަ“ ވޯޓަކާއި ދެ އިންތިޚާބެއް ބާވައިފައެވެ. ފެންނަ ނުފެންނަ ވޯޓެއް ނެގީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ރައްޔިތުން ދެކޭގޮތް ބެލުމަށެވެ. ރައްޔިތުން ނިންމީ އެ ދެއިންތިޚާބު އެއްދުވަހަކު ބާއްވަން ނުފެންނަ ކަމަށެވެ. ދެން ބޭއްވީ ލޯކަލްކައުންސިލް އިންތިޚާބާއި ޑަބްލިޔުޑީސީގެ އިންތިޚާބެވެ. މި އިންތިޚާބުތައް ކާމިޔާބު ކުރެއްވި ކެންޑިޑޭޓޫން ހުވައިކުރުން އޮންނާނީ މެއިމަހު 17 ވަނަ ދުވަހުއެވެ.

މިފަހަރުގެ އިންތިޚާބުގައި ވީޓުލުމުގެ ހައްގުލިބިފައިވާ 294،876 މީހުންގެ ތެރެއިން 73 ޕަސެންޓު މީހުން ވަނީ ވޯޓުލައިފައެވެ. މިއިންތިޚާބުގައި ރަށުކައުންސިލްތަކަށް 626 ކައުންސިލަރުން އިންތިޚާބު ކުރިއެވެ. އަދި ފަސް ސިޓީއަށް 52 ކައުންސިލަރުން ވަނީ އިންތިޚާބުކޮށްފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *