މުދައްރިސުންނަކީ އުށްބައްތިތަކެއް ފަދަ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.
މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އުށްބައްތީގެ ހުޅުކޮޅުން އެތައްހާސް ބައްތިއެއް ދިއްލާލެވޭ ކަމަށެވެ. މުދައްރިސުންނަކީ އެފަދައިން އިލްމުފެތުރުމުގެ މަސައްކަތް ކުރައްވާ ބައެކެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވެސް އެމަނިކުފާނުވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް ވިދާޅުވެފައެވެ.