ޑިސެމްބަރ 23, 2024 13:44

ބައްސާމުގެ އެޕާޓުމެންޓު ހިފަހައްޓަން ހުކުމެއް އޮންނާކަށް ނުޖެހޭ: ފުލުހުން

ޟަމްރަތު އަހްމަދު
އޮކްޓޯބަރ 8, 2024

އެފްއޭއެމްގެ ފައީސާއަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ބައްސާމު އަދީލް ޖަލީލްގެ އެޕާޓްމަންޓް ހިފެހެއްޓުމަށްޓަކައި ޝަރީއަތުން ހުކުމެއް އައިސްފައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިކަން މިގޮތަށްކުރަނީ ”ގާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުން،“ ކަމަށެވެ.

ބައްސާމު އަދީލް ޖަލީލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ އެފް.އޭ.އެމްގެ ފައިސާއަށް ހިޔާނާތްތެރިވުމާއި އެފް.އޭ.އެމްގެ ފައިސާ ލޯންޑަރ ކުރުމެވެ. މަނީ ލޯންޑްރިންގެ ތުހުމަތު އުފެދިފައިވާ ހާލަތްތަކުގައި، އިސްވެދެންނެވުނު ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅު އެޅުމާއި، ފައިސާ ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުމާއި، އަދި އެފަދަ މުދާ ހިފެހެއްޓުމަކީ ގާނޫނީގޮތުން ހުއްދަ ކަމެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ބައްސާމު އަދީލް ޖަލީލް ދިރިއުޅޭ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވަނީ ވަގުތީ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި މުދަލުން މުއާމަލާތްކުރުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅާފައިވާ ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ބައްސާމު އުޅޭ އެޕާޓުމެންޓް މިރޭ ބާރައިގެ ކުރީން ފުލުހުންނާ ހަވާލު ކުރަންޖެހެއެވެ. އެކަން އެގޮތަށްނުކޮށްފިނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ