ދުނިޔޭގެ އެކި ހިސާބުތަކުގައި އިންޑިއާއިން ބޭރުގައި 18 މިލިއަން އިންޑިއާގެ ރައްޔިތުން ދިރިއުޅެއެވެ. އޭގެ ތެރޭން ގިނަ އަދަދެއްގެ މީހުން ގަލްފްގެ ޤައުމުތަކުގައި ދިރިއުޅެއެވެ.
ޔޫއޭއީގެ އާބާދީގެ 30 އިންސައްތައަކީ އިންޑިއާ މީހުންނެވެ. އަދި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ޤައުމުތަކުގައި 8 މިލިއަން އިންޑިއާ މީހުން ދިރިއުޅެއެވެ.
މިމީހުންނަކީ ސިއްޙީ ދާއިރާއާއި ޚިދުމަތުގެ ދާއިރާތަކުގައި ވަޒީފާ އަދާކުރާ އެޤައުމުތަކުގެ އިޤްތިޞާދަށް ޙިއްސާ ކުރާ މީހުނެނެވެ. އަދި މީގެ ތެރޭން އެތައް ބަޔަކު، ވިޔަފާރީގެ ދާއިރާގައިވެސް އުޅެއެވެ.
ގަލްފްގައި ދިރިއުޅޭ މީހުންނަކީ އިންޑިއާގެ އިޤްތިޞާދަށް ބޮޑު ޙިއްސާއެއް ވެދޭ ބައެކެވެ. ހަމައެކަނި، 2022ގައި އިންޑިއާއަށް ގަލްފްގެ ޤައުމުތަކުން 100 ބިލިއަން އެމެރިކާ ޑޮލަރު ފޮނުވާފައި ވެއެވެ.