ދުނިޔެ އެންމެ ބޮޑަށް ނުސާފުކުރާ ގައުމަކަށް ޗައިނާ ވަނީ ކޯލާ ދެލިން ކަރަންޓު އުފައްދައި އެއިން ދުނިޔޭގެ ޖައްވަށް ސީއޯ2 ބޭރު ކުރާ މިންވަރު އިތުރު ވުމުންނެވެ.
- ލީޑިންގ ކާބަން އެމިޓަރ: ތަމަލް ޕަވަރ ޕްލާންޓްތައް ފުޅާވެ، ކޯލާދެއްޔަށް ވަރަށް ބޮޑަށް ބަރޯސާވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ކާބަން އެމިޓަރެއްގެ ގޮތުގައި ޗައިނާ ދެމިއޮވެއެވެ.
- ރެކޯޑް ކޯލް އިމްޕޯޓް: ސެޕްޓެމްބަރު 2024 ގައި ޗައިނާގެ ކޯލް އިމްޕޯޓް ރެކޯޑް އަދަދަކަށް 47.59 މިލިއަން ޓަނަށް އަރާފައިވާއިރު، މި ފޮސިލް ފިއުލްއަށް ބަރޯސާވުން ކުރިއަށް ގެންދެއެވެ.
- ގްލޯބަލް ކޯލް ކޮންސިއުމަންޓް: 2023 ވަނަ އަހަރު ދުނިޔޭގެ ކޯލް ބޭނުންކުރުން ހުރިހާ ޒަމާނެއްގެ އެންމެ މަތީ ދަރަޖައަށް އަރާފައިވާއިރު، އޭގެ %60 ހިއްސާކުރަނީ ޗައިނާއިންނެވެ.
- އައު އިންޖީނުގެއެއް ހެދުމުގެ މަސައްކަތް: ކޯލާ ދެލިން ކަރަންޓް އުފައްދާ އާ އިންޖީނުގެތައް ހެދުމުގައި ޗައިނާއިން މަސައްކަތް ކުރެއެވެ. 2023 ވަނަ އަހަރު އަލަށް ބިނާކުރި ހުރިހާ ކޯލާ ދެލީގެ އިންޖީނުގެތަކުގެ ތިންބައިކުޅަ ދެބައި އިންޖީނުގެތައް އެޅުމަށް އުޅުނީ ޗައިނާއިންނެވެ.
- ބައިނަލްއަޤްވާމީ ގޮތުން ކޯލް ޕަވަރ ފުޅާކުރުން: ގައުމުން ބޭރުގައި ކޯލް ޕްލާންޓްތައް ހެދުން ހުއްޓާލުމަށް ރައީސް ޝީ ޖިންޕިންގ 2021 ވަނަ އަހަރު ވަޢުދުވެވަޑައިގެންނެވި ނަމަވެސް، ޗައިނާއިން ރާވާފައިވަނީ 28 ޤައުމެއްގައި 103 ކޯލާ ދެލިން ކަރަންޓު އުފައްދާ އިންޖީނުގެ އަޅާށެވެ. އަދި އިތުރު 430 މިލިއަން ޓަނުގެ ސީއޯ2 ދުނިޔޭގެ ޖައްވަށް ބޭރު ކުރާށެވެ.
- ކޯލާ ދެލީގެ މަޝްރޫއުތައް ތަރައްގީކުރުން: ރިޕޯޓްތަކުން ދައްކާ ގޮތުގައި ޗައިނާއިން ގައުމުން ބޭރުގައި 8.6 ގިގަވޮޓްގެ އާ ކޯލާ ދެލީގެ އިންޖީނުގެ އިން ކަރަންޓް އުފައްދާ މަޝްރޫއުތައް ތަރައްގީ ކުރަމުންދާއިރު، ކުރިން ވެފައިވާ ވައުދުތައް ހަނދާން ނައްތާލާފައި ވެއެވެ.
- ޑޮމެސްޓިކް ކޯލް ބޭނުންކުރުން: އިއާދަކުރަނިވި ހަކަތަ އިތުރުކުރާ ކަމަށް ޗައިނާ ސަރުކާރުން ބުނި ނަމަވެސް، 2023 ވަނަ އަހަރު ޗައިނާގެ ކަރަންޓުގެ %60 ލިބުނީ ކޯލާ ދެލިން އުފެއްދި ކަރަންޓުންނެވެ.
- ކޯލް އިމްޕޯޓް އިތުރުވަމުންދިއުން: ޗައިނާގެ ކޯލާ ދެލި އިމްޕޯޓް 2024 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ގާތްގަނޑަކަށް %12 އިތުރުވެފައި ވެއެވެ. އެއީ، 341.62 މިލިއަން ޓަނެވެ.
މިއީ ކޯލާ ދެއްޔަށް ޗައިނާ ބަރޯސާވުން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
ޗައިނާއިން ކާބަން ދޫކުރާ މިންވަރު އިތުރުވެ ވައި ތަޣައްޔަރުވުން ގޯސްވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރާތީ، ޕެރިސް އެއްބަސްވުމުގައި ޗައިނާއަށް ވެފައިވާ މޫސުމާ ބެހޭ ވައުދުތައް ފުއްދުމަށް ހުރަސްއެޅުން އެކަށީގެންވެ އެވެ.
ވައި ތަޣައްޔަރުވުން ކުޑަ ކުރުމަށް ކޯލާ ދެލި ބޭނުންކުރުން މަދުކުރުމަށް ބެއިޖިން އިން ރާވާފައިވާކަން އިއުލާންކުރިއިރު، ކޯލާ ދެލި ބޭނުންކުރުން އިތުރުވުމަކީ މި މަސައްކަތްތަކަށް ބުރޫއަރާ އަދި 2030 ވަނަ އަހަރުގެ ލަނޑުދަނޑިތައް ހާސިލު ނުކުރެވޭނެކަމެވެ.