ޑިސެމްބަރ 23, 2024 14:09

ގާނޫނުއަސާސީން އެކަށައެޅި އުސޫލުތައް ނުރޫޅޭނޭ ގޮތް ހަދަންޖެހޭ: ފައްޔާޒު

މުހައްމަދު އަލީ
އޮކްޓޯބަރ 30, 2024

ރައްޔިތުންގެ ބާރުވެރިކަން ގާއިމުކުރުމަށާއި، ހުދުމުހުތާރުވެރިކަމަކުން އުފެދޭ ބޭއިންސާފާއި އަނިޔާވެރިކަން ގަބޫލުނުކުރާ ފިކުރު އަށަގެންނެވުމަށް އެމްޑީޕީން ކުރަމުން ގެންދިޔަ މަސައްކަތް މިސަރުކާރުން ދަނީ ރޫޅާލަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެއްޖެއެވެ.

ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެފައިވަނީ ފާއިތުވި ވިހި އަހަރު ތެރޭގައި އެމްޑީޕީން ކުރި މަސައްކަތަކީ މިއީ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި ހުރި ބިލުތަކަކީ ރައްޔިތުންގެ ބާރުވެރިކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް އަސާސްތައް ކަފުން ކުރުމަށް މި ސަރުކާރުން ތަންފީޒުކުރަމުންދާ އެޖެންޑާގެ ތެރެއަށް އިތުރުވި ޖަރީމާއެއް“ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ސަރުކާރެއް ބަދަލުވާއިރަށް ހައްގުތައް އުނިކޮށް މުޅި ނިޒާމު ބަދަލުކޮށްލުމަށް އޮންނަ ފުރުސަތު ނައްތާލުން މުހިންމު ކަމަށެވެ.

”މި ފާއިތުވެދިޔަ 16 އަހަރުގެ ތަޖުރިބާއިން އިބުރަތް ހާސިލުކޮށް ގާނޫނުއަސާސީއާ މެދު އަލުން ނަޒަރުހިންގައި، އެ ގާނޫނުއަސާސީން އެކަށައެޅި އުސޫލުތައް ނުރޫޅޭނޭ ގޮތަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ،“ އޭނާ ވިދާޅުވިއެވެ. މި މަސައްކަތް އެމްޑީޕީން ފަށާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ