ޑިސެމްބަރ 23, 2024 18:09

ނޫސްވެރީންނަށް ފުރިހަމަ މިނިވަންކަން އޮންނާނެ: ނާއިބު ރައީސް

ނިއުސް ރޫމް
އޮކްޓޯބަރ 31, 2024

ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް މިސަރުކާރުން ދޭނޭ ކަމަށް ނާއިިބު ރައީސް ހުސައިިން މުހައްމަދު ލަތީފް ވިދާޅުވެއެވެ. ނޫސްވެރިންގެ ޒިންމާ އަދާކުރަން އެމީހުންނަށް  ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ވެސް ދެއްވާނޭ ކަމަށް ނާއިބު ވިދާޅުވިއެވެ.

”އެގާރަ ވަނަ ނޫސްވެރިކަމުގެ އެވޯޑް“ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މިޑިއާ ބާރުވެރިކޮށް ކުރިއެރުވުމަށް، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެކަންކަން ހާސިލް ކުރުމަށްޓަކައި ކަމާ ގުޅޭ މުވައްސަސާތަކުން ބާރު ދުވެލީގައި މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މީޑިއާ އާއި ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަންފޯރުކޮށްދީ ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޒަމާނީ ނޫސްވެރިކަމަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖަންސް އާއި އެނޫންވެސް ފަންނިއްޔާތުގެ މަންސަތަކުން ހޯދާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށް، މީޒާން ހަމަކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާއަދާކުރުމަށް އެމަނިކުފާނު ނޫސްވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ކުށެއް ނެތް ސާފު ދިވެހިބަހުން ލިޔެ، ވާހަކަދައްކައި ހެދުމަށް، މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހިތްވަރުދިނުމަށްވެސް އެމަނިކުފާނު ނޫސްވެރިންނަށް ގޮވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މަދަރުސާތަކުންނާއި ކޮލެޖު، ޔުނިވަރސިޓީތަކުން ކިޔަވައިގެން ނިކުންނަ ޤާބިލު ދަރިންގެ ތެރެއިން މޮޅެތި ނޫސްވެރިން އުފެއްދުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ.

 

މި ލިޔުމާ ގުޅޭ