ޗައިނާގެ ސިފައިން ވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ބޮޑު ގިރިއެއް ކަމަށްވާ، ސްކާބަރޯ ޝޯލް ވަށައިގެން ހަނގުރާމައިގެ ހާލަތުގައި ތައްޔާރަށް ތިބުމަށް ތަމްރީނު ހަދާފައިވާ ކަމަށް ގްލޯބަލް ޓައިމްސް އިން ބުނެ އެވެ. ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ ސަދަން ތިއޭޓަރ ކޮމާންޑުން ބުނެފައ ވަނީ މި ވައިގެ އަދި ކަނޑުގެ ޕެޓްރޯލްތަކުގެ ތަމްރީންތައް ބާއްވާފައި ވަނީ ޗައިނާއިން ބުނާ ހޫއަންގިއަން ޑާއޯގެ ވަށައިގެން ވާ ޗައިނާގެ ސިޔާދަތު ހިނގާ ސަރަހައްދުގައެވެ. ނަމަވެސް މިއީ ފިލިޕީންސުންވެސް ދައުވާ ކުރާ ޖަޒީރާއެކެވެ. ފިލިޕީންސުން މިތަނަށް ކިޔަނީ ޕެނަޓަގް ޝޯލް އެވެ.
ފިލިޕީންސްގެ ލުޒޯން ޖަޒީރާގެ ހުޅަނގުން 220 ކިލޯމީޓަރު ދުރުގައި އޮންނަ މި ގިރިއަކީ، 2012 ވަނަ އަހަރު ކުރިމަތިވި ހަމަނުޖެހުމަކަށް ފަހު ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ތަނެކެވެ. އެކަމުގެ ސަބަބުން ބެއިޖިން އާއި މެނިލާއާ ދެމެދު އޮތް ސަރަހައްދީ މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ.
އެކަމުގެ ރައްދުގައި ފިލިޕީންސް އިން ދާދި ފަހުން ވަނީ މެރިޓައިމް ޒޯންސް ގާނޫނު ފާސްކޮށްފައެވެ. އަދި ފިލިޕީންސުން ވަނީ ސްޕްރެޓްލީ އައިލެންޑްސްގެ ބައެއް ހިސާބުތައް ހިމެނޭ ގޮތަށް ފިލިޕީންސްގެ ސަރަހައްދީ ދައުވާތައް ފުޅާކޮށްފައެވެ. އެއާއެކު ފިލިޕީންސަށް 370 ކިލޯމީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް (އީއީޒެޑް) ގެ ކޮންޓްރޯލް ކަށަވަރުކޮށްދެއެވެ.
މި ފިޔަވަޅަކީ އެތަންތާނގެ ވަސީލަތްތައް ހިމާޔަތްކޮށް، ބޭރުގެ އުޅަނދުތަކުން، ޚާއްސަކޮށް ޗައިނާގެ ބޯޓުތަކުން ހުއްދަ ނެތި ވަދެ އުޅުން މަނާކުރުމަށް އެޅި
ޗައިނާއިން ވަނީ ފިލިޕީންސްގެ އާ ގާނޫނުތައް ކުށްވެރިކޮށްފައެވެ.އަދި އެކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާ ކަމަށް ބުނެފަ އެވެ. އަދި ސްކާބަރޯ ޝޯލް އާއި ފިލިޕީންސްގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ އެހެން ބައެއް ޖަޒީރާތަކާ ގުޅޭ ގޮތުން ބެއިޖިން އިން ވަނީ ސަރަހައްދީ ދައުވާތައް ތަކުރާރުކޮށްފައެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ހަމަނުޖެހުން އިތުރު ވެފައި ވެއެވެ.