ހަތްދިހަ އަހަރާ ހަމައަށް ޕާލަމެންޓްރީ ސާވިސްގެ ވަޒީފާގައި ތިބެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

އަހުމަދު މުހައްމަދު
ޑިސެމްބަރ 10, 2024

އުމުރުން ހަތްދިހަ އަހަރާ ހަމައަށް ޕާލަމެންޓްރީ ސާވިސްގެ ވަޒީފާގައި ހުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ. މިގޮތަށް ގަވާއިދު ބަދަލު ކުރަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ.

ޕާލަމެންޓްރީ ސާވިސްގެ ގަވާއިދު މިހާރު ބުނާގޮތުން އެ ސާވިސްގެ މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭނެއެވެ. މިހާރުވެސް ބޭނުންވާ ފަރާތްތަކަށް 65 އަހަރުވުމުން ވަޒީފާއިން މުސްކުޅި ވުމުގެ ފުރުސަތު އޮންނާނެއެވެ.

ކޮމިޓީން  މިއަދު ފާސްކޮށްފައިވަނީ ޕާލަމެންޓްރީ ސާވިސްގެ ވަޒީފާގައި ތިބޭ މީހުން އުމުރުން 70 އަހަރު ވަންދެން ވަޒީފާއި ތިބެނުން ބޭނުންވާ ކަމަށްވާނަމަ އެ ފުރުސަތު ދިނުމުގެ އިހްތިޔާރު ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށް ލިބިގެންވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ