ޑިސެމްބަރ 23, 2024 03:51

ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް/ފޮޓޯ އެމްޑީޕީ

ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަން ހުރިހާ ގޮތަކުން މަސައްކަތް ކުރާނަން: ފައްޔާޒު

މުހައްމަދު އަލީ
ޑިސެމްބަރ 10, 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ބައެއް ރަށްރަށާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރެއްވީ މިރޭ އެމްޑީޕީއިން ބާއްވާ ޖަލްސާއަށް މީހުން އައުން ހުއްޓުވުމަށް ކަމުގެ އަޑުތައް އިވޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެއްޖެއެވެ.

”ކުއްލިއަކަށް އެދަތުރުފުޅެއް އެކުރެއްވީ ޖަލްސާއަށް ހުރަސް އަޅާން ކަމަށް އެބަކިޔާ. އަޅުގަނޑުމެންނަށް ވެސް އެހެންހީވާކަހަލަ. އެއީ ޓަސްލާފައި މިހިސާބުގަނޑުގެ ދަތުރެއްކުރީމާ. އެއީ އާންމުކޮށް އަޅުގަނޑުމެންގެ ޖަލްސާތަކަށް މާލެއާ ކައިރިން ރަށްރަށުން އައިސް އުޅޭ،“ ފައްޔާޒު ވިދާޅުވިއެވެ.

ކޮންމެ ގޮތަކަށް ކަންކަން ކުރެއްވިޔަސް މިޖަލްސާއަށްއަންނަން ބޭނުންވާ މީހުން އަންނާނޭ ކަމަށް ވިދާޅުވިއެވެ.

”ހާލަތު އޮތް ގޮތުން މިއަޑު އުފުލަން ބޭނުންވާ މީހުން އެބަތިބި. އެމީހުންނަށް ޖާހަގަ ދިނުމުގެ ގޮތުން މިޖަލްސާ މިބާއްވަނީ. ރައްޔިތުންގެ އަޑު ސަރުކާރަށް ފޯރުކޮށްދިނުމަށް މިސައްކަތްކުރަނީ،“ ފައްޔާޒު ވިދާޅުވިއެވެ. ރައްޔިތުންގެ އަޑު ސަރުކާރަށް ނީވުމުން ”އަޑުއިވޭނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރަމުންދާނަން،“ ފައްޔާޒު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *