ބްރިޖު ހައިވޭގައި އެކްސިޑެންޓެއް، އެކަކަށް އަނިޔާ

މުހައްމަދު އަލީ
ޑިސެމްބަރ 18, 2024

ސިނަމާލެ ބްރިޖު ހައިވޭ ގައި މިރޭ އެކްސިޑެންޓެއް ވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި އެކްސިޑެންޓުގައި މީހާކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ފޮނުވާލައިފައެވެ.

އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ދެ ކާރެއްގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

މި ލިޔުމާ ގުޅޭ