ޑިސެމްބަރ 23, 2024 04:06

އޮސްކަރގެ 2025ގެ ޝޯޓްލިސްޓްގައި "ފުރޮމް ގްރައުންޑް ޒީރޯ"

އަބްދުލް މުހުސިން
ޑިސެމްބަރ 22, 2024

ފަލަސްތީނުގެ ޑައިރެކްޓަރު ރަޝީދު މަޝަރާވީގެ ”ފްރޮމް ގްރައުންޑް ޒީރޯ“، ވަނީ އޮސްކާ 2025 ގެ އެންމެ މޮޅު ބައިނަލްއަގްވާމީ ފީޗާ ފިލްމު ކެޓަގަރީގައި ރަސްމީކޮށް ޝޯޓްލިސްޓްކޮށްފަ އެވެ.

ޣައްޒާގައި އުފެއްދި ކުރު 22 ފިލްމުގެ ކަލެކްޝަނެއް ކަމަށްވާ ”ފްރޮމް ގްރައުންޑް ޒީރޯ“ އަކީ 97 ވަނަ އެކެޑެމީ އެވޯޑްގެ ކެޓަގަރީގައި ޝޯޓްލިސްޓް ކޮށްފައިވާ 15 ފިލްމުގެ ތެރެއިން އެއް ފިލްމެވެ.

”ފްރޮމް ގްރައުންޑް ޒީރޯ – ސްޓޯރީސް ފްރޮމް ޣައްޒާ“ – ގައި ދުވަހުން ދުވަހަށް ޣައްޒާގެ މީހުންގެ ދިރިއުޅުމާއި، ކެތްތެރިކަމާއި، ޣައްޒާގައި އިޒްރޭލުން ގެންގުޅޭ ނަސްލު ނައްތާލުމުގެ މަސައްކަތަކާއި ފަލަސްތީނަށް ކުރިމަތިވެފައިވާ ހިތްދަތިކަން މި ފިލްމްގައި ކިޔައިދީފައި ވެއެވެ.

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *