ޑިސެމްބަރ 25, 2024 07:14

އެމްޑީޕީން އުޅޭނީ ރިސޯޓުތަކަށް ޓެރަރިސްޓް ހަމަލައެއްދޭން: ނިހާދު

މުހައްމަދު އަލީ
ޑިސެމްބަރ 24, 2024

ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު އަންނަ ބުރާސްފަތި ދުވަހު ދެ މިލިއަނަށް އަރާނޭ ކަމަށާއި އެކަން އެގޮތަށް ވިޔަނުދޭން ވެގެން ”ޓޫރިޒަމް ފުނޑާލަން“ އެމްޑީޕީން ރިސޯޓުތަކަށް ޓެރަރިސްޓު ހަމަލައެއް ދޭން އުޅޭ ކަމަށް ކުރީގެ އެމްޕީ އަދި މިހާރު ސްޓޭޓު މިނިސްޓަރ އޮފް ޓޫރިޒަމް، މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު މިހެން ވިދާޅުވުމުން އެނާއާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާގައި ވަނީ ގޮވާލަން ފަށައިފައެވެ.

ނިހާދު ރޭ ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ދެ މިލިއަން ފަތުރުވެރިން ހަމަކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ. މިކަމާ ގުޅިގެން އެމްޑީޕީން ވަނީ ނިހާދުގެ އެމައްސަލަ ބަލަން ގޮވާލައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިހާރުވަނީ ނިހާދު ސަސްޕެންޑް ކޮށްފައެވެ. ބައެއް ނޫސްތަކުގައި ވެސް އެވާހަކަ ވަނީ ރިޕޯޓުކޮށްފައެވެ.

 

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *