ނިރުބަވެރިންގެ 60 އިންސައްތަ ޕާކިސްތާނުން

އަބްދުލް މުހުސިން
ޑިސެމްބަރ 29, 2024

އަހަރު ނިމޭ ތަފާސްހިސާބު ދެމުން ކަޝްމީރުގައި އިންޑިއާ ސިފައިން ބުނަނީ، ޕާކިސްތާނަށް ދިމާވި އިގްތިސާދީ މައްސަލަތަކާ އެކު ވެސް ޕާކިސްތާނުން ދަނީ ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ތާއީދު ކުރަމުން ކަމަށެވެ. ނޫސްވެރިންނާ  ވާހަކަ ދައްކަމުން ކަޝްމީރުގައި ސިފައިން ބުނެފައި ބަނީ، ކަޝްމީރުގައި މިއަހަރު މަރާލާފައިވާ ނިރުބަވެރި ހަމަނުޖެހުން އުފެއްދި މީސްމީހުންގެ 60 އިންސައްތައަކީ ޕާކިސްތާނުން އައި މީހުން ކަމަށެވެ.

ނަމަވެސް މިއަހަރު ނިރުބަވެރިކަމަށް ރެކްރޫޓީ ކުރި މީހުންގެ އަދަދު ދަށްވެފައިޥާ ކަމަށް ބުނެއެވެ. މިއަހަރު މި ގްރޫޕްތަކާ ކަޝްމީރުން ގުޅިފައިވަނީ އެންމެ ހަތަރު މީހުން ކަމަށް ސިފައިން ބުނެއެވެ.

ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި ގާތްގަނޑަކަށް 75 ނިރުބަވެރިން ނައްތާލެވުނު ކަމަށްވެސް ބުނެފައި ވެއެވެ.

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *