ޖިމީ ކާޓަރ އަވާހަރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުހައްމަދު އަލީ
ޑިސެމްބަރ 30, 2024

އެމެރިކާގެ ކުރީގެ ރައީސް، އަދި ނޯބަލް ސުލްހައިގެ އިނާމް ލިބިވަޑައިގެންފައިވާ ޖިމީ ކާޓަރ އަވާރަ ވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒީޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް އާލް ކާޓަރ ޖޫނިއަރ އަވަހާރަވިކަން އެނގިވަޑައިގެންނެވުމުނން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ.

އެމެރިކާއަށް ލިބުނު ގެއްލުމުގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އެމަނިކުފާނު އެމެރިކާގެ ރައްޔިތުންނަށާއި ސަރުކާރަށް އަދި ޚާއްސަކޮށް ކުރީގެ ރައީސް ކާޓަރގެ ލޮބުވެތި އާއިލާއަށް ފުން ތަޢުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކާޓަރ އަވަހާރަވީ އުމުރުފުޅުން ސަތޭކަ އަހަރުގައެވެ. އެމަނިކުފާނަކީ އެމެރިކާގެ 39 ވަނަ ރައީސެވެ. ރައީސްކަން ކުރެއްވީ 1977 އިން 1981 އަށެވެ. ކާޓަރ އަވާހަރާވީ ކެންސަރަށް ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް އުފަން ރަށް ޖޯޖިއާގައެވެ. ކާޓަރ އަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *