ރައީސް ގުޅީއަށް ވަޑައިގެންނެވުން ތުއްތު ކުއްޖަކު މައުބޮނޑިއެއް އަރުވަނީ/ފޮޓޯ ރައީސް އޮފީސް

ރައީސަށް ގުޅީން ހޫނު މަރުހަބާއެއް

މުހައްމަދު އަލީ
ޖެނުއަރީ 5, 2025

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެ އަތޮޅު ގުޅިއަށް މިއަދު ވަޑައިގެންފިއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މި ދަތުރުފުޅަކީ، 2024ވަނަ އަހަރު އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު އެމަނިކުފާނު މަޝްވަރާކުރައްވާނޭ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ގުޅީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުންވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *