ރައީސް އެސްޓޯނިއާއަށް ފުރާ ވަޑައިގެންނެވުމުގެ ކުރީން މަޖިލިސްގެ ރައީސާ ސަލާން ކުރައްވަނީ/ ފޮޓޯ ރައީސް އޮފީސް

ރައީސް މުއިއްޒު އެސްޓޯނިއާއަށް ވަޑައިގެންފި

މުހައްމަދު އަލީ
ޖެނުއަރީ 13, 2025

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެގައުމަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

މި ދަތުރުފުޅުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ރައީސާއެކު ވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ