ރައްކާވެ ތިބިއްޔާ ދަތުރު: މާލޭގައި ހާހުން ވެލިބަސްތާ ޖަހައިފި

މުހައްމަދު އަލީ
ޖެނުއަރީ 13, 2025

މިއަދުން ފެށިގެން މިމަހުގެ 18 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނޭ ކަމަށް މޫސުމާބެހޭ އޮފީހުން ބުނުމުން އެކި އިދާރާތަކުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފިއެވެ.

މާލޭ ސިޓީކައުންސިލުން ވަނީ މޫސުމާބެހޭ އޮފީހުގެ ލަފަޔާއެއްގޮތަށް މާލޭގައި ފެންބޮޑުވެދާނޭ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކާއި ތަންތާގައި ރެއިން ފެށިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ މާލޭގެ އެކި ސަރަހައްދުތަކުގައި 2500 އަށް ވުރެ ގިނަ ވެލިބަސްތާ ވަނީ ޖަހާފައި ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުންވަނީ މިއަދުގެ މިހާތަނަށް 22 ގޭބީސީއެއްގައި 181 ވެލިބަސްތާ ޖަހައިދީފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *