އިސްލާހީ މަސައްކަތުގެ އެންމެ ކުރީސަފުގައި އައްޑޫ ރައްޔިތުން

މުހައްމަދު އަލީ
ޖެނުއަރީ 25, 2025

އިސްލާހީ މަސައްކަތުގެ އެންމެ ކުރީސަފުގައި އައްޑޫ ރައްޔިތުން ތިބޭކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޖަނަވަރީ އެއްތިރީސް ވަނަ ދުވަހު ބާއްވާ ހިނގާލުމުގައި ވެސް އައްޑޫ ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮންނާނޭ ކަމަށެވެ.

”އިސްލާޙ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި އަބަދުވެސް އައްޑޫ ރައްޔިތުން ތިއްބަވާ. މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވާ ހިނގާލުމުގައިވެސް އައްޑޫ ސިޓީ ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮންނާނެ،“ ޝާހިދު ވިދާޅުވިއެވެ.

ޝާހިދުއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވަނީ އެމްޑީޕީގެ އައްޑޫ ބައެއް މެމްބަރުންނާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަކީ މިމަހު 31 ވަނަ ދުވަހުގެ ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމަށްފަހު ޝާހިދު ވިދާޅުވެފައިވަނީ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ނިކުންނާނީ އެމްޑީޕީކަމަށެވެ.

މި ލިޔުމާ ގުޅޭ