ހިމަންދޫން ޣައްޒާއަށް ދެލަކައަށްވުރެ ގިނަރުފިޔާ

މުހައްމަދު އަލީ
ފެބްރުއަރީ 5, 2025

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތަކުން ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފިޔާ އެއްކޮށްފިއެވެ. މީގެ ތެރެއިން އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާއެވެ.

މިއީ އިންޖީނުގޭގެ އިސްނެގުމުގެ މަތީން އެރަށު ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތައް ގުޅިގެން ބޭއްވި ހަރަކާތެކެވެ.

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ”ހެލްޕް ޣައްޒާ-ދިވެހިން ހަނދާނެއް ނުނެތޭ“ ގެ ނަމުގައި ހިންގި މިހަރަކާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މިފަދަ އިޖްތިމާއީ ޚިދުމަތުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން އަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި ފަޚުރުވެރިވާ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ. އަދި އެފަރާތްތަކަށް ކުންފުނީން ވަނީ ޝުކުރު އަދާކޮށްފައެވެ.

 

މި ލިޔުމާ ގުޅޭ